ދިރާގަށް ލިބުނު ސާފު ފައިދާ އިތުރުވެ، މިދިޔަ ކުއާޓަރުގައި 244.9 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުންޏަށް މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 202.2 މިލިއަން ރުފިޔާ އެވެ.
ދިރާގަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު އާމްދަނީ ވެސް 11 ޕަސެންޓް އިތުރުވެފަ އެވެ.
އެ ކުންފުނިން މިއަދު އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 698.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ކުރީ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 627.4 މިލިއަން ރުފިޔާ އެވެ.
ދިރާގަށް މިދިޔަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޮބައިލް ހިދުމަތްތަކުންނެވެ. އެގޮތުން މޮބައިލް ހިދުމަތްތަކުން 350.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިލަންދޫ އަލިފާނުގެ ހާދިސާ: 3 ޑިންގީ ވަނީ އަނދާފައި
ކީމޯތެރަޕީގެ ވޭނަށް ނިމުމެއް: ކެންސަރު ނައްތާލާ އިންޖެކްޝަންއެއް!
އަހަރުގެ އެންމެ ބިރުވެރި ފިލްމު "އޮބްސެޝަން" ސިނަމާތަކުގައި!