ކަނޑަށް ވެއްޓުނު މަސްވެރިޔަކަށް މިޔަރެއް ހަމަލަދީ ޒަޚަމްކޮށްލައިފި އެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ، ޅ. ފާދޫ ބޮއި ކައިރީގައި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ މަސްވެރިއަކު ކަނޑަށް ވެއްޓުނު ވަގުތު މިޔަރެއް ހަމަލާދިނުމުން އޭނާއަށް ޒަހަމްވެފައިވާ ކަމަށެވެ. އަދި އޭނާގެ ފައިގެ މައިނާރަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ހާދިސާގައި ޒަހަމްވީ ޅ. ނައިފަރު ޒިކުރާ ދޯނީގެ އުމުރުން 40 އަހަރުގެ މަސްވެރިއަކަށެވެ.
އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ފެނުނީ 9:36 އެހާކަންހާއިރު ކަމަށް ވެސް ބުނެފައިވެ އެވެ.
އެ މީހާއަށް ޒަހަމްވެގެން ސިއްހީ އަވަސް ފަރުވާއަށް އޭނާ ނައިފަރަށް ގެންދިޔުމަށް ކޯސްޓްގާޑުން އެހީތެރިކަންފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މިޔަރުގެ އުނދަގޫ އިންތިހާއަށް ބޮޑުވެ، ފަހަކަށް މަސްވެރިން އަންނަނީ އެކަމާ ވަރަށް ބޮޑަށް ޝަކުވާކުރަމުންނެވެ.
ތައިލެންޑުގެ ވޯޓުލުން ނިމި ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި
އިންތިހާބަކާ ނުލައި 7 ޕަސެންޓް ގޮނޑި ކާމިޔާބު ކުރެވިއްޖެ: ފަލާހު
ރިސޯޓު ހަދަން ދޫކުރި ތަންތަން އަލުން ބީލަމަށް ހުޅުވާލައިފި
މާމޮޅު ރިސާޗަރުން ތިބީމާ ވާގޮތް.