ޕީޕީއެމް/ޕީއެންސީއިން އިންތިޒާމް ކޮށްގެން މާލޭގައި "ބުންވަރު" ނަމުގައި ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ.

މިހިނގާލުމުގައި ޕީޕީއެމް/ޕީއެންސީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އެވެ. އަދި އިދިކޮޅު ލީޑާޝިޕްގެ އިސް ބޭފުޅުން ވެސް ބައިވެރިވި އެވެ.

މިއަދު ހަވީރު 4 ޖެހިއިރު ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން މި ހިނގާލުން ނިންމާލާފައި ވަނީ އާޓިފިޝަލް ބީޗް ސަރަހައްދަށެވެ. މި ހިނގާލުމަކީ ދިވެހި ފުލުހުންގެ ހުއްދަ އާއެކު ކުރިއަށް ގެންދިޔަ ހިނގާލުމެއް ކަމަށް ޕީޕީއެމްއިން ބުނެ އެވެ.

މިއަދުގެ ހިނގާލުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އިދިކޮޅުން އިއްޔެ ފެށި "ހޯޕް ކޮންފަރެންސް" ގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ޕީޕީއެމް/ޕީއެންސީއިން ކުރިއަށް ގެންދިޔަ "ބުންވަރު" ހިނގާލުމުގެ ތެރެއިން

ހިނގާލުމުގައި ޖަލުގައި ހުންނެވި ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށާއި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވި އެވެ.

ޕީޕީއެމް/ޕީއެންސީއިން ކުރިއަށް ގެންދިޔަ "ބުންވަރު" ހިނގާލުމުގެ ތެރެއިން

ޔާމީން 11 އަހަރަށް ޖަލަށް ލުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ދަނީ ކޮންމެ ރެއަކުހެން މުޒާހަރާކުރަމުންނެވެ.

ޕީޕީއެމް/ޕީއެންސީއިން ކުރިއަށް ގެންދިޔަ "ބުންވަރު" ހިނގާލުމުގެ ތެރެއިން

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވައި އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25ގަ އެވެ.