ތުނބުޅި ބެހެއްޓުމަކީ ފިރިހެނުންގެ އާއްމު ސިއްހަތު ރަނގަޅުވާ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސަދަން ކުއީންސްލޭންޑް އިން "ރޭޑިއޭޝަން ޕްރޮޓެކްޝަން ޑޮސިމެޓްރީ ޖާނަލް" ގެ ނަމުގައި އާންމު ކުރި ދިރާާސާއަކުން ދައްކާ ގޮތުގައި ތުނބުޅިއަކީ ފިރިހެނުންގެ މޫނުގެ ހަން އަލްޓްރާ ވައިލެޓް (ޔޫވީ) ގެ ދޯދިތަކުން ސަލާމަތްކޮށްދޭ ވަސީލަތެކެވެ. އެކަމަށް ތުނބުޅި 90 އާއި 95 ޕަސެންޓާ ދެމެދުގެ އެހީއެއް ފޯރުކޮށްދެ އެވެ.

ތުނބުޅި ބެހެއްޓުމުން މޫނުގެ ހަންގަނޑު ރައްކާތެރި ކޮށްދޭއިރު އެއީ ހަމުގެ ކެންސަރުން ވެސް ފިރިހެނުން ސަލާމަތް ކޮށްދޭނެ ކަމެކެވެ.

ތުނބުޅި ބެހެއްްޓުމަކީ ސިއްހީ ގޮތުން ފައިދާ ހުރި ކަމަކަށް ވިޔަސް، އެކަމަށް ސަމާލު ވާން ޖެހެ އެވެ. ހާއްސަކޮށް ތުނބުޅި ރީތިކޮށް ސާފުކޮށް ބެހެއްޓުމަށެވެ.

އެހެން ނޫން ނަމަ ކާ އިރު، ތުނބުޅީގައި ކާތަކެތި އުނގުޅި މޫނުން ނުބައި ވަސް ދުވުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ ތުނބުޅި ދޮންނަން ހާއްސަ ކްރީމާއި ތެޔޮ ފަދަ ތަކެތި ބޭނުންކޮށްގެން ތުނބުޅި ދޮވެ، ސާފު ކުރަން ވާނެ އެވެ.