މައިގްރޭންއަކީ ގިނަ ބައެއްގެ ހުންނަ ވަރަށް އާއްމު ކަމެކެވެ. މައިގްރޭންގެ ސަބަބުން ބޮލަށް ތަދުވެ، އާއްމު ދިރިއުޅުމުގެ ގިނަ ކަންކަމަށް ވެސް ބުރޫ އަރާ ފަހަރު އާދެ އެވެ. މިލިޔުމުގައި މި ބަލާލަނީ މައިގްރޭން ތަދު ފިލުވާލެވިދާނެ ބައެއް ކަސްރަތުތަކަށެވެ.

1. ބޯ މަޑުމަޑުން އެއްފަރާތަކަށް ތިރިކުރަމުން އައިސް ކޮނޑުގައި ޖެހި، ކަރުގެ ނާރުތަކަށް ވާން ވެލަންދެން ތިރި ކުރާށެވެ. އަދި ދެ ފަރާތަށް ވެސް މި ކަސްރަތު ތަކުރާރު ކުރާށެވެ. މި ކަސްރަތުން ކަރާއި ބުރަކަށީގެ ރިހުމަށް ލުއިކަން ލިބޭނެ އެވެ.

2. ކޮޅަށް ހުރެ މީހާ ސީދާ ވެލާށެވެ. އެއަށްފަހު ކަކުލު ހުޅުން ނުލަންބައި ގުދުވެ އަތްތިލައިގެ އިނގިލިތައް ފައިތިލައިގައި ޖައްސައިގެން 10 ސިކުންތު މަޑުކޮށްލާށެވެ. މި ކަސްރަތުގެ ސަބަބުން ސިކުނޑިއަށް ލޭ ހިނގުން ރަނގަވެ ހަށިގަނޑުގެ ސްޓްރެސް ހޯމޯންސް ދަށްވާނެ އެވެ.

3. ބިންމަތީގައި އިށީންދެ ދެފައި ރީއްޗަށް ދަމާލާށެވެ. ދެން އުނަގަނޑުން ގުދުވެ ފަލަމަސްގަނޑުގައި ބޯ ޖައްސަން މަސައްކަތް ކުރާށެވެ. އަތް ބަހައްޓަންވާނީ ދަމާފަ އެވެ. މިއީ ސިކުނޑިއަށް އަރާމު ލިބި ކަރާއި ކޮނޑުގެ މަސްތައް ވާންވުން ކުޑަކޮށްދޭނެ ކަސްރަތެކެވެ.

މި ކަސްރަތުތަކުން މައިގްރޭންގެ ތަދުތަކަށް ލުއި ލިބޭނެ އެވެ.