ވިލިމާލެ ފެރީ ޓާމިިނަލް ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މީހަކު މިއަދު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ އެ މާރާމާރީގެ ރިޕޯޓު ލިބިފައި ވަނީ މިއަދު މެންދުރުފަހު 3:30 ހާއިރު ކަމަށެވެ.
"އަނިޔާވި މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.
ނަމަވެސް، އަނިޔާވި މީހާއާ ބެހޭ އިތުރު ތަފްސީލެއް އަދި މި މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެ އެވެ.
އޭނާއަށް ހަމަލާދިނީ ބަޔަކަށް ފިލަން ފެރީ ޓާމިނަލް ތެރެއަށް ފިލަން ވަދެ ހުއްޓައި ކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ އެވެ.
މިއަދު މި ހާދިސާ ހިނގިއިރު، ފަހަކަށް އައިސް މާލޭގައި އަނެއްކާ ވެސް ވަނީ ސިލްސިލާ ގޭންގު މާރާމާރީތައް އިތުރުވެފަ އެވެ. މިގޮތުން މިދިޔަ ހަފުތާ ތެރޭގައި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެ އެވެ.
ގޫގުލްއަށް ދޭ ބިމުން ކައުންސިލަށް ކުލި ނަގާނަން: ނިޒާރު
އިޒްރޭލް މައްސަލާގައި އެމެރިކާއިން މެލޭޝިޔާގެ ސަފީރު ހާޒިރުކޮށްފި
ރަތްކަނޑުގެ ހަމަލާތަކާ ގުޅިގެން އީރާނަށް އަދަބު ދޭނެކަމަށް ބުނެފި