ދިމިޝްގު (18 ފެބްރުއަރީ) ސީރިއާގެ މެދުތެރޭގެ އަަވަށެއް ކަމަށްވާ ޕަލްމޭރާއަށް އައިސިސްއިން ހަމަލާދީ ގިނަ ބަޔަކު މަރާލައިފި އެވެ.

އިއްޔެގެ ވަގުތެއްގައި ދިން މިހަމަލާގައި މިހާތަނަށް 53 މީހުން މަރުވިކަން ޔަގީންވެފައިވާއިރު ހަމަލާގައި އަނިޔާވި މީހުންނަށް އަދިވެސް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާ ދެވެމުންނެވެ.

އެމެރިކާގައި ހުންނަ ސީރިއާގެ އޮބްޒާވެޓަރީ ގްރޫޕަކުން ބުނެފައިވަނީ ހުކުރު ދުވަހު އާއްމުންގެ ގިނަ ބަޔަކު ކާބޯތަކެތި ހޯދަން ނުކުމެ އުޅެނިކޮށް އައިސިސްގެ އެޖެންޓުން ބަޑިޖަހައި ގިނަ ބަޔަކު މަރާލާފައިވާ ކަމަށެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ކާބޯތަކެތި ހޯދަން ނުކުމެ އުޅެނިކޮށް އައިސިސްއިން ގިނަ ބަޔަކަށް ހަމަލާ ދީފައިވާ ކަމަށް އެ ގްރޫޕްގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ދިން މިފަދަ ހަމަލާއެއްގައި 16 މީހުން މަރުވިއިރު އެތައް ބަޔަކު ހައްޔަރުކޮށްގެން ވެސް ގެންގޮސްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ސީރިއާގެ ސަހަރާތަކުގައި ފިލައި ތިބެގެން އައިސިސްއިން ހަމަލާތައް ރާވަމުން އަންނައިރު ސީރިއާއާއި ރަޝިއާގެ އަސްކަރިއްޔާއިން އަންނަނީ އެ ޖަމާއަތުގެ އެޖެންޓނ