ހުޅުމާލޭގައި އަލަށް ހެދި "އުމަރު ޒާހިރު އޮފީސް" އިމާރާތައް ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް ބަދަލުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން އެ މިނިސްޓްރީ ހިންގަމުންދާނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގެ ތިން ވަނަ ފަންގިފިލާގައި ކަމަށެވެ. ނަމަވެސް، މިނިސްޓްރީގެ ކައުންޓަރުގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައި ވަނީ އޮފީސް އިމާރާތުގެ ގްރައުންޑް ފްލޯގައި ގާއިމްކޮށްފައިވާ ކައުންޓަރުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ ހިންގަމުން ދިޔައީ މަޖީދީ މަގުގައި ހުންނަ ސްޓާ ކްލައުޑްގަ އެވެ.

އުމަރު ޒާހިރު އޮފީސް އިމާރާތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ޖެންޑާ މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ހިންގާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.