ލ. މާވަށުން މަހަށް ފުރި ދޯންޏެއްގައި އަލިފާން ރޯވެ، އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 7:15 ހާއިރު ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުމާއެކު ސިފައިން އެ ސަރަހައްދަށް ދިޔަ ކަމަށް ބުންޏެވެ.

ސިފައިން އެތަނަށް ދިޔައިރު ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެ އެވެ.

އެ ހާދިސާ ހިނގިއިރު އެ ދޯނީގައި 4 މީހަކު ތިއްބެވެ. އެއީ ދިވެއްސަަކާއި 3 ބިދޭސީންނެވެ.

ލ. މަވަށު ނޫރު-2 ނަމަކަށް ކިޔާ މި ދޯނި ދަތުރުކޮށްފައި ވަނީ އެ ރަށުގެ ދެކުނުން 6 ނޯޓިކަލް މޭލު ބޭރުން ކަމަށް އެނެއެންޑީއެފްއިން ބުނެ އެވެ. އަދި އުޅަނދުގައި ތިބި މީހުން ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ފަރުވާއަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެ އެވެ.