މޮސްކޯ (22 ފެބްރުއަރީ) - ގިނަ ގައުމުތަކެއް ގުޅިގެން ބާއްވާ އަސްކަރީ ހަރަކާތްތަކަކަށް ރަޝިއާގެ މައި އަސްކަރީ މަނަވަރު ދެކުނު އެފްރިކާގައި ބަނދަރު ކޮށްފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި މި މަނަވަަރަކީ ނިއު ޖެނެރޭޝަން ހައިޕަސޮނިކް ކްރޫޒް މިސައިލްތައް ފޮނުވާލުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރެކެވެ.

ރަޝިއާ، ޗައިނާ އަދި ދެކުނު އެފްރިކާ ބައިވެރިވެގެން ކުރިއަށް ގެންދާ މި ހަރަކާތްތައް ފަށަން ހަމަޖެހިފައިވަނީ ޔޫކްރެއިން ހަނގުރާމައަށް އެއް އަހަރު ފުރޭ ދުވަހާ ދިމާކޮށްފަ އެވެ. އޭގެ އިތުރުންވެސް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މި ހަރަކާތްތައް ފަށަން ހަމަޖެހިފައި މިވަނީ ރަޝިއާއިން އެމެރިކާއާއެކު ވެފައިވާ ނިއުކްލިއާ ހަތިޔާރުތަކުގެ އެއްބަސްވުން އުވާލުމާ ވިދިގެންކަމެވެ.

ދަ އެޑްމައިރާ ގޮރްޝްކޮވް އޮފް ދަ ފްލީޓް އޮފް ސޮވިއެޓް ޔޫނިއަން ނަމަކަށް ކިޔާ އެ މަނަވަރަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އެއް އަސްކަރީ މަނަވަރެވެ.

ޗައިނާއާއި ރަޝިއާ ގުޅިގެން އަސްކަރީ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައި މިވަނީ ޗައިނާއިން ރަޝިއާއަށް އެހީ ނުވުމަށް އެމެރިކާއާއި ހުޅަނގުން އިންޒާރު ދީފައިވާ ދަނޑިވަޅެއްގަ އެވެ. -- އަލް އަރަބިއްޔާ