ވ. އަތޮޅުން ފެނުނު އިންސާނެއްގެ ހަށިގަނޑަކީ ތެޔޮ ބޯޓުން ގެއްލުނު ބިދޭސީ މީހާގެ ހަށިގަނޑު ނޫންކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން މިއަދު އެެވެ.

ފުލުހުން ބުނީ އެ ހަށިގަނޑަކީ އޮޔާއެކު ރާއްޖެ އައިސްފައިވާ ހަށިގަނޑެއްތޯ ބެލުމަށް ބައިނަލްއަގްވާމީ އެހީތެރިންނާއެކު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

ވ. އަތޮޅު ކަނޑުން އިންސާނެއްގެ ހަށިގަނޑު ފެނުނުކަން ފުލުހުން ރިޕޯޓްކޮށްފައި ވަނީ ވިލިމާލެއިން ދެ މީހުންނާ އެކު ފުރި ތެޔޮ ބޯޓަކުން ދެ މީހުން ގެއްލިގެން އެކަން އިއުލާނުކުރިތާ ދެ ދުވަސް ފަހުންނެވެ.

ތެޔޮ ބޯޓުގައި ތިބީ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމް، 45 އ، އާއި ބަންގްލަދޭޝްގެ މޮހައްމަދު ލިޓަން، 35އ އެވެ. އެގޮތުން މި ހަށިގަނޑު ފެނިފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު އެވެ.

އެ ތެޔޮބޯޓުން ދަތުރުކުރި ނިޒާމް ވަނީ އޭގެ ދުވަސްކޮޅެއް ފަހުން މާލެއިން ފެނިގެން ހައްޔަރުކޮށްފަ އެވެ. އަދި ނިޒާމް ހައްޔަރު ކުރީ މަރުގެ މައްސަލައެއްގައި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.