ރުގްޔާގެ ނަމުގައި އަންހެނަކާއި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރި މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ޕީޖީ އޮފީހުން ބުނީ ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާޢީލް ވަޙީދު، 22 ޖޫން 2020 ދުވަހުން ފެށިގެން 30 އޮކްޓޫބަރު 2020 ދުވަހާއި ހަމައަށް އެކި ދުވަސްމަތިން އޭނާގެ އަނބިދަރިންނަށް ޖިސްމާނީ ހާނިއްކަކޮށް އެމީހުން ގެއިން ނިކުތަ ނުދީ ހިފަހައްޓާފައިވާ ކަމަށެވެ.

އަދި އިސްލާޢީލް ވަޙީދު އެގެއަށް ގެނައި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުޙައްމަދު އަޞީލް ކިޔާ މީހަކު ލައްވާ، ރުޤްޔާ ކުރުމޭ ކިޔައިގެން، އިސްމާޢީލް ވަޙީދުގެ އަނބިދަރިންނަށް ޖިސްމާނީ އަނިޔާއާއި ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ.

އިސްމާއީލް ވަހީދުގެ މައްޗަށް ކުރާ ދައުވާތައް:

  • ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ
  • މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާ އިގާ އަތްލުމުގެ ކުށުގެ ދައުވާ
  • ގައިގާ އަތްލުމުގެ ކުށުގެ ދައުވާ
  • ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށުގެ ދައުވާ

މުޙައްމަދު އަސީލްގެ މައްޗަށް ކުރާ ދައުވާ

  • ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ
  • ގައިގާ އަތްލުމުގެ ކުށުގެ ދައުވާ
  • އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
  • ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ
  • ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ
  • ކުޑަކުއްޖެއްގެ ހާޒިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ގަބޫލުކޮށްގެން ޖިންސީ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ