ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތާއި މަނީލޯންޑަރިންގެ ދައުވާގައި ހިމެނޭ 53 މިލިއަން ރުފިޔާ ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތުއުނާފް ކުރުމުން އެ މައްސަލަ ބަލައިގެންފި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަންސާސް ދެ މިލިއަށް ރުފިޔާގެ ޖޫރިމަނާ އެއްކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި އެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.
މި ދައުވަގައި ހިމެނޭ 52 މިލިއަންރުފިޔާ އިން ޖޫރިމަނާ ކުރަން ކޮށްފައިވާ ހުކުމް ޔާމީންގެ ފަރާތުން އިސްތިއުނާފް ކޮށްފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އަދި މިމައްސަލާގައި ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި އެވެ.
ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލާގައި އިސްލާހު ކުރުމަށް ނުކުތާތަކެއް ހުރުމުން އެކަން އަންގައި އެމަނިކުފާނުގެ ވަކީލުންނަށް ސިޓީއެއް ހައިކޯޓުން ފޮނުވި އެވެ. އަދި މާޗް 16 ގައި އެ މައްސަލަ އަލުން ވެއްދި ނަމަވެސް ދިހަ ދުވަސް ފާއިތުވި އިރު ވެސް، އެ މައްސަލަ ބަލައިގަތް ކަމެއް އަންގާފައެއް ނުވެ އެވެ.
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
ރައީސަށް ހުރިހާ ބާރުތަކެއް ދެވުމުން މެންބަރުން ހިތާމަކުރޭ: ނަޝީދު
އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކުރަން 7 އުސޫލެއް!