ތާރީޚަކީ އެއަށް ބަލަން ފަށައިފިނަމަ ބަލައި ހުސްނުވާ ފަދަ އަޖާއިބު ކުރުވަނިވި ކަންކަން ފެންނާނެ އެއްޗެކެވެ. މި ލިޔުމުގައި މި ބަލާލަނީ އިންސާނީ ތާރީޚުން ފޮޓޯތަކެއްގެ ސިފައިގައި ރައްކާ ކުރެވިފައިވާ ބައެއް ކަންކަމާއި ހާދިސާތަކަށެވެ.

ނިކޮލާ ޓެސްލާ އޭނާގެ ޓްރާންސްމީޓަރާއެކު

ނިކޮލާ ޓެސްލާ އޭނާގެ ޓްރާންސްމީޓަރާއެކު

1900ގެ ކުރީކޮޅަށް ގެންދާ މި ފޮޓޯގައި އެ ފެންނަނީ ދުނިޔޭގެ ޓެކްނޮލޮޖީ ޖައަންޓް ނިކޮލާ ޓެސްލާ، އޭނާ އެންމެ ފުރަތަމަ އުފެއްދި ޓްރާންސްމީޓަރުގެ ކައިރީގައި އިންނަ މަންޒަރެވެ. މިއީ އޭރަށް ބަލާއިރު ޓެކްނޮލޮޖީގެ ބޮޑު އިންގިލާބެކެވެ.

އުފާވެރި ވަގުތުކޮޅެއް!

އުފާވެރި ވަގުތުކޮޅެއް!

މި ފޮޓޯއިން މި ފެންނަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކުޑަ ކުއްޖަކަށް ލިބުނު އާ ބޫޓެއްގެ އުފާ ފާޅުކުރާ މަންޒަރެވެ. އެ މައުސޫމް މޫނުން ވަށައިގެންވާ ނުރައްކަލުގެ ހިލަމެއް ވެސް ފެންނާކަށް ނެތެވެ.

މިނިވަންކަމުގެ އިހުސާސް

މިނިވަންކަމުގެ އިހުސާސް

ޝައްކެއް ވެސް ނެތް ގޮތުގައި މިނިވަން ކަމުގެ އިހްސާސަކީ އެފަދަ ދެވަނައެއް ނުވާ އިހުސާސެކެވެ. ނާޒީންގެ އަނިޔާވެރިކަމުން ރެކެވި މަރުގެ އެތިފަހަރަކުން ސަލާމަތްވި މި ދެމައިންގެ މޫނުމަތިން އެކަން އެނގެ އެވެ.

ވަކިވުމުގެ ކުރިން

ވަކިވުމުގެ ކުރިން

މަތީގައިވާ ފޮޓޯއިން ފެންނަ އެމީލިއާ އިހާޓްއަކީ ދުނިޔޭގެ އެންމެ ފުރަތަމަ އަންހެން ޕައިލެޓުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. އެހެން ނަމަވެސް 1937 ވަނަ އަހަރު އޭނާ އެކަނި ފެށި ދަތުރުވީ އޭނާގެ އެންމެ ފަހުގެ ދަތުރަށެވެ. މި ފޮޓޯއަކީ އެ ދަތުރުގެ ކުރިން ނަގާފައިވާ ފޮޓޯ އެކެވެ.

ގައުމީ ރޫހާއި ލޯބި

ގައުމީ ރޫހާއި ލޯބި

މި ފޮޓޯއިން އެ ދައްކުވައިދެނީ އިހު ޒަމާނުގައި ވެސް ގައުމީ ކަންކަމުގައި އަންހެނުން އިސްވެ އުޅުނު ކަމެވެ. އެމެރިކާގެ ދިދަ ފެހުމަށް ހިލޭ ސާބަހަށް ހުޅުވާލި ފުރުސަތުގައި އެތައް ސަތޭކަ އަންހެނުންނެއް މަސައްކަތް ކޮށްފައިވެ އެވެ.

އެންމެ ފުރަތަމަ ނެގުނު ފޮޓޯ

އެންމެ ފުރަތަމަ ނެގުނު ފޮޓޯ

މީލާދީން 1826 ހިސާބުގައި ނަގާފައިވާ މި ފޮޓޯއަކީ މިއަދާ ޖެހެންދެން ރައްކާކުރެވިފައިވާ އެންމެ ފުރަތަމަ ފޮޓޯ އެވެ. ފޮޓޯ ކެމެރާތަކަކީ މިއަދު އަހަރުމެންގެ ޖީބުގައިވާ އެއްޗަކަށް ވީނަމަވެސް މި ފޮޓޯއަކީ އޭގެ ފެށުން ކަމުގައި ބުނެވިދާނެ އެވެ.

ދަންނަ މޫނުތަކެއް؟

ދަންނަ މޫނުތަކެއް؟

1990ގެ ފަހުކޮޅާއި 2000ގެ ކުރީކޮޅު ދެއްކި "ފްރެންޑްސް" ޝޯގެ ތަރިން ނޭނގޭ މީހަކު އަހަރުމެންގެ ތެރޭގައި މަދުވާނެ އެވެ. މި ފޮޓޯތަކަކީ އެއަށްވުރެ މާ ކުރީގެ ފޮޓޯތަކެއް ނަމަވެސް މި ފޮޓޯއިން ވަކިވަކި ތަރިން ފާހަގަ ކުރަން އުނދަގުލެއް ނޫނެވެ.

ހިތްވަރުގަދަ ބަޣާވާތް

ހިތްވަރުގަދަ ބަޣާވާތް

އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމަކީ ކޮންމެ ކޮންމެ މީހެއްގެ ގައިގައި ހުންނާނެ ހިތްވަރެއް ނޫނެެވެ. އަހަރުތަކެއް ވަންދެން ކުރިއަށްދިޔަ ނާޒީންގެ އަނިޔާވެރިކަމުގައި "ނާޒީ ސެލިއުޓް" ކުރި އެތައް ހާސް މީހުންގެ ތެރެއިން އެކަމަށް ދެކޮޅު ހެދި އެންމެ މީހަކު ފާހަގަ ވުމަކީ އެކަމުގެ ހެއްކެކެވެ.

އާއިލީ ބައްދަލުވުމެއް

އާއިލީ ބައްދަލުވުމެއް

ދާޚިލީ ހަމަނުޖެހުންތަކުގެ ތެރެއިން ބައިބައިވި ޖަރުމަނުގެ ވެރިރަށް ބާލިންގެ ހުޅަނގު ފަރާތާއި އިރުމަތީ ފަރާތުގައި އުޅޭ އާއިލާތަކުގެ ބައްދަލުވުން އޮންނަނީ މި ކަހަލަ ގޮތަކަށެވެ. ފޮޓޯއިން އެ ފެންނަނީ އިރުމަތީ ފަރާތުގައި އުޅޭ މައިންބަފައިން އެމީހުންގެ ދަރިން ހުޅަނގު ފަރާތުގައި އުޅޭ މާމައާއި ކާފައަށް ދައްކާލާ މަންޒަރެވެ.

އެންމެ ފަހުގެ ނިޝާން

އެންމެ ފަހުގެ ނިޝާން

ޖައްވީ ދަތުރުތަކަކީ 1960ގެ އަހަރުތަކަށް ބަލާއިރު މާ އާއްމު ކަމެއް ނޫނެވެ. 8 އަހަރު ވަންދެން ކުރި ތަމްރީނުތަކަށްފަހު ކުރި ޖައްވީ ދަތުރުގައި އުޅަނދަށް ދިމާވި މައްސަލަތަކެއްގެ ސަބަބުން ބިމަށް ވެއްޓުނު އެސްޓްރޮނޯޓް ލަމިޑިއާ ކޮމަރޯވްގެ ހަށިގަނޑުން ތަހުގީގީ ފަރާތްތަކަށް ސަލާމަތް ކުރެވުނު މިންވަރު ފޮޓޯއިން އެ ފެންނަނީ އެވެ. ކޮމަރޯވްއަކީ ޖައްވީ މިޝަންއެއްގައި މަރުވި ފުރަތަމަ އިންސާނާ އެވެ.