ބޭނުންވާ ތަކެތި

  • 1 މޭޒުމަތީ ސަމުސާ ވެޖިޓަބަލް އޮއިލް
  • 500 ގްރާމް ގްރައުންޑް ބީފް
  • 1 މޭޒުމަތީ ސަމުސާ އިނގުރު (ގާނާފައި)
  • 3 ލޮނުމެދު (ޗިސްކޮށްފައި)
  • 3 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
  • 2 މޭޒުމަތީ ސަމުސާ ސެސަމީ އޮއިލް
  • 2 މޭޒުމަތީ ސަމުސާ އަގާވޭ ސިރަޕް (ނުވަތަ ބޭނުން ސްވީޓްނާ އެއް)
  • ލޮނު (ރަހަލާވަރަށް)
  • މުގުރި އަސޭމިރުސް (ރަހަލާވަރަށް)

ތައްޔާރު ކުރާނެ ގޮތް

  1. ބޮޑު ތެއްޔެއްގައި ތެޔޮ ހޫނުކުރުމަށްފަހު ގްރައުންޑް ބީފް 2 އިންޗި ބޮޑުމިނުގައި ގުޅަޖަހާފައި ތެލުގެ ތެރޭގައި އަތުރާލާށެވެ. މުށިކުލަ އަރާ މުރަނަ ވުމުން ގުޅަތައް ފުށުން ޖަހާލާށެވެ.
  2. ގުޅަތައް މުރަނަ ވުމުން ދޭފަތް ބޭނުންކޮށްގެން ބީފް ކޮޅު ކުދިކުދި ކޮށްލުމަށްފަހު ފިޔާތޮށިކުލަ ފިލަންދެން ކައްކާށެވެ.
  3. ލޮނުމެދާއި އިނގުރު އެއްކުރުމަށްފަހު ރަނގަޅަށް ހާކާލާށެވެ.
  4. ސޯޔާ ސޯސް އާއި އަގާވޭ ސިރަޕް އެޅުމަށްފަހު ރަނގަޅަށް އެއްކުރާށެވެ.ތެލި އުނދުންމަތިން ބޭލުމަށްފަހު ސެސިމާ އޮއިލް ، ލޮނު އަދި މުގުރި އަސޭމިރުސް އަޅާ އެއްކޮށްލާށެވެ.