ބޭނުންވާ ތަކެތި:

  • 170 ގްރާމް ފުށް
  • 6 މޭޒުމަތީ ސަމްސާ ބަޓަރު
  • 8 ސަމްސާ ކެސްޓާ ޝުގާ
  • 2 ސަމުސާ ކިރު
  • 2 ބިސް
  • 6 ސަމުސާ ކާށި ހުނި
  • 1 ސައިސަމުސާ ބޭކިން ޕައުޑަރު

ތައްޔާރު ކުރާނެ ގޮތް:

  1. ފުރަތަމަ ބަޓަރާއި ހަކުރު ކްރީމްވަންދެން ރަނގަޅަށް ގިރާލާށެވެ. ދެން ފަހަރަކު ބިހެއް އޭގެ ތެރެއަށް ގިރަމުން އެއްކުރާށެވެ. ކްރީމްގަނޑުގެ ތެރެއަށް ފުށް، ބޭކިން ޕައުޑަރު، ހުނި އަދި ކިރުފޮދު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.
  2. ތައްޔާރުކޮށްފައިވާ ކޭކު ފުށްގަނޑު ކޭކު އަޅަން ތައްޔާރުކޮށްފައިވާ ޓްރޭގެ ތެރެއަށް އަޅާލުމަށް ފަހު، 150 ޑިގްރީ ސެލްސިސްގައި، ކޭކްގެ މައްޗަށް މުށިކުލަ އަރަންދެން ފިހެލާށެވެ.