ބޭނުންވާނެ ބާވަތްތައް

  • 3 ވައް ދޮންކެޔޮ ( ވަރަށް ބޮޑަށް ދޮންވެފައި)
  • ½ ޖޯޑު ތެޔޮ
  • 2 ކުކުޅު ބިސް
  • ½ ޖޯޑު ބްރައުން ޝުގާ
  • 1 ޖޯޑު ބައި ފުށް
  • 3 މޭޒުމަތީ ސަމުސާ އަންސްވީޓްންޑް- ކޮކޯ (ފުރާނާފައި)
  • 1 ސައިސަމުސާ ބޭކިން ސޯޑާ

ތައްޔާރު ކުރާނެ ގޮތް

  1. 200 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނުކުރަން ޖެއްސުމަށްފަހު މަފިން ތަށިގައި ބޭކިން ޝީޓް އަޅައި ތަށިތައް ތައްޔާރު ކުރާށެވެ.
  2. ދެން ދެންކެޔޮ އަތުން ނުވަތަ މިކްސަރަކުން ޗިސް ކުރާށެވެ. ޗިސްކުރަމުން ދާއިރު ތެލާއި ބިސް އަދި ހަކުރު އޭގެ ތެރެއަށް އެއްކުރަމުން ގެންދާށެވެ.
  3. ފުށާއި ކޮކޯ އާއި ބޭކިންސޮޑާ ވަކި ތަށްޓެއްގައި އެއްކުރުމަށްފަހު ދޮންކޭލުގެ ތެރެއަށް އަޅަައި މަޑުމަޑުން ގިރާށެވެ. އެއަށްފަހު ސަމުސަލުން މަފިން ތަށިތަކަށް އަޅާށެވެ.
  4. އެއަށްފަހު އަވަނުގައި 15 މިނިޓް ނުވަތަ 20 މިނިޓް ވަންދެން ފިހާށެވެ. އަދި ތަށިން ނެގުމުގެ ކުރީން ނަރުގަނޑެއްގެ މަތީގައި ހިހޫ ކުރަން ބަހައްޓާށެވެ.

.