ރޯދަ މަސް ކުރިއަށްދާއިރު އަހަރުމެންގެ ދިރިއުޅުމަށް ވަނީ ބޮޑު ބަަދަލުތަކެއް އައިސްފަ އެވެ. ރޯދައަށް ހުރެ ނުކުރެވޭ ގިނަ ކަންތައްތަކެއް ކުރަން ރޯދަ ވީއްލުމާއެކު އަހަރުމެންނަށް އަވަސްވެ ގަނެވެ އެވެ. ނަމަވެސް މި ހުރިހާ ކަމަކީ ރޯދަ ވީއްލުމަށް ފަހު ވަގުތުން ކުރަން ރަނގަޅު ނޫން ކަންކަމެވެ.

ނިދުން

ކައި ނިމުމާ އެކު ނިދުމަކީ ނުވަތަ "ނެޕް" އެއް ނެގުމަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންގެ އާދައެކެވެ. ޚާއްސަކޮށް ރޯދަމަހު ދުވާލު އުޅެންޖެހޭ ބުރަކަމާއެކު ރޯދަ ވީއްލުމުން ލޮޑުވެ ޖައްސާލެވެ އެވެ. މިކަމުގެ ސަބަބުން ބަރުދަން އިތުރުވެ ގޭސްޓްރިކް ވުމާއި، ސްޓްރޯކު ޖެހުމާއި ހިތުގެ މައްސަލަތައް ދިމާވުމަކީ އެކަށީގެންވާ ކަންކަމެވެ. އެހެންކަމުން ކެއުމަށްފަހު ދެ ގަޑިއިރުވުމުގެ ކުރިން ނުނިދުމަށް ސަމާލުކަން ދޭށެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުން

ސިނގިރޭޓު ބުއިމާއި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ކޮންމެ ވަޤުތަކު ކުރި ނަމަވެސް ސިއްޙަތަށް ނުހަނު ގެއްލުންހުރި ކަމެކެވެ. ނަމަވެސް ހައިބަނޑާ ގިނަ ވަގުތުތަކެއް ހުރުމަށްފަހު ކައި ނިމިގެން ސިނގިރޭޓު ބުއިމަކީ އޭގެ ގެއްލުން އެތައް ގުނައެއް ބޮޑުވެގެންދާ ކަމެކެވެ. މިދެނެނެވި ވަޤުތުތަކުގައި އެއް ސިނގިރޭޓް ބުއިމުން، 10 ސިނގިރެޓުން ލިބޭވަރަށް ގެއްލުން ލިއްބައިދެ އެވެ.

ފެންވެރުން

ރޯދަ ވީއްލައިގެން ފެންވެރުމަކީ ވެސް ހަށިގަނޑަށް އޭގެ ގެއްލުން އޮތް ކަމެކެވެ. ކައި ނިމިގެން ފެންވެރުމުން ހށިގަނޑުގެ ފިނިހޫނުމިން ބަދަލުވެ އެވެ. މިކަމުގެ ސަބަބުން ކާއެއްޗެތި ހަޖަމުވުމުގައި މައްސަލަ ދިމާވެ ލޭ މައްޗަށް ދާގޮތްވެ އެވެ.

ފެން ބުއިން

ރޯދަ ވީއްލާ ގަޑީގައި މާ ގިނައިން ފެން ބުއިމަކީ ވެސް ސިއްޙަތަށް ގެއްލުންހުރި ކަމެކެވެ. އެއީ މީހާ ލޮޑުވެ ފުރިފައިވާ ކަމުގެ އިހުސާސް ގެނެސްދޭނެ ކަމެކެވެ. އެންމެ ރަނގަޅާ ލުއިގޮތަކަށް ރޯދަ ވީއްލުމަށްފަހު ބައި ގަޑިއިރު ފަހުން އިތުރަށް ފެން ބުއިމެވެ.