އެއްގަމު އުޅަނދުފަހަރަށް ހާއްސަ މޮޓޯ އިންޝުއަރަންސަކީ މަގުމަތީގައި ކުރިމަތިވާ ހާލަތެއްގެ ސަބަބުން އުޅަނދަށާއި އޭގެ ވެރި ފަރާތަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެކެވެ. އެގޮތުން ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުންފުނި، އެލައިޑު އިންޝުއަރަންސަށް ލިބިފައިވާ ލިބިފައިވާ ތަޖުރިބާގެ އަލީގައި މޮޓޯ އިންޝުއަރަންސްގެ ދެ ހިދުމަތެއް އަންނަނީ ފޯރުކޮށްދެމުންނެވެ. އެއީ ސަރުކާރުން ލާޒިމްކުރާ "ތާޑް ޕާޓީ މޮޓޯ" އަދި "ކޮމްޕްރިހެންސިވް މޮޓޯ" ޕްލޭނެވެ.
މި ރޯދައާ ދިމާކޮށް އެލައިޑުން ވަނީ ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންގެ ހިދުމަތް ޑިޖިޓަލައިޒްކޮށް "މައި އެލައިޑް" ޕޯޓަލްއިން ނުވަތަ އެލައިޑް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިކޮށް ނެގޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.
މި ޕްލޭން އޮންލައިންކޮށް ނެގޭނެ އެވެ. އެގޮތުން އެންމެ 5 ސްޓެޕް ފުރިހަމަކޮށްލައިގެން ކޮމްޕްރޮހެންސިވް މޮޓޯ ޕްލޭން ނެގިދާނެ ގޮތް ވަނީ ހަދައިފަ އެވެ.
މި ޕްލޭން ނަގަން ހަދަން ޖެހޭ ގޮތް:
ސްޓެޕް 1
- ވެހިކަލްގެ ތަފްސީލް ޖައްސަވާ އަދި ޕްރިމިއަމްގެ މައްޗަށް ބިނާކޮށް ވެހިކަލްގެ އަންދާޒާއެއް ހޯއްދަވާ
ސްޓެޕް 2
- ވެހިކަލްގެ ބާކީ ހުރި ތަކެތި ފުރުމަށްޓަކައި ރަޖިސްޓްރީ ސެޓްފިކެޓް އަޕްލޯޑްކޮށްލައްވާ
ސްޓެޕް 3
- މައުލޫމާތު ކަށަވަރު ކުރުމަށްފަހު ކުރިޔަށް ވަޑައިގަންނަވާ
ސްޓެޕް 4
- ދުއްވާ އުޅަނދު ނަންބަރު ޕްލޭޓް ފެންނަ ގޮތަށް ފޮޓޯތައް އަޕްލޯޑްކުރޭ
ސްޓެޕް 5
- ފައިސާ ދެއްކެވުމުގެ ކުރިން ގުޅޭނެ ނަމްބަރު އަދި އެޑްރެސް އާއި ތަފްސީލުތައް ޖައްސަވާ.
އެންމެ ފަހު ސްޓެޕް
- ހުށަހެޅި މައުލޫމާތުތާއި ޕްލޭން ރަނގަޅުތޯ ބެއްލެވުމަށްފަހު ފައިސާ ދައްކަވާ.
މި ހިދުމަތް އޮންލައިންކޮށް ހޯދުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ އެއް ކަމަކީ، ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ނަމުގައި ޕްލޭން ނަގާ، ފޯރުކޮށްދޭ މައުލޫމާތުގެ ސައްހަކަން ޔަގީންކުރުން ކަމުގައި އެލައިޑުން ފާހަގަކުރެ އެވެ. މި ހިދުމަތް ހޯދުމުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އެލައިޑްގެ ހޮޓްލައިން 1600އަށް ގުޅުމަށް އެލައިޑުން އިލްތިމާސްކުރެ އެވެ.