ބޭނުންވާ ތަކެތި

  • 16 ނޫނީ 18 މާރީ ބިސްކޯދު
  • 2/1 1 އައިސިން ޝުގާ
  • 90 ގުރާމު ބަޓަރު
  • 1 ދަޅު ނެސްޓަލް ކްރީމް
  • 3 ސަމުސާ ކޮކޯ ޕައުޑަރު

ތައްޔާރުކުރާނެ ގޮތް

  1. ބަޓަރާއި އައިސިން ޝުގާ އަދި ކޮކޯޕައުޑަރު ރަނަގަޅަށް އެއްކޮށް ގިރާލާށެވެ. އައިސިން ޝުގާ ގަނޑު ކޮށް ފުށް ގޮތަށް ހުރިނަމަ ފުރާނާލަން ވާނެ އެވެ.
  2. އެއަށްފަހު ނެސްޓަލްކްރީމް ދަޅުވެސް އަޅައި އެއްކޮށް ލާށެވެ. ޗޮކްލެޓްގަނޑު ރަނގަޅަށް އޮމާން ވުމުން ޕުޑިން ހަދާ ޓްރޭއެއްގައި ފުރަތަމަ ޗޮކްލެޓް ލެއާ އެއް އަޅާށެވެ.
  3. އެއަށްފަހު ބިސްކޯދު ލެއާ އެއް އަޅަމުން މިގޮތަށް 2 ނޫނީ 3 ލެއާ ހަދާލާށެވެ. ނިންމާލަންވާނީ ޗޮކްލެޓް ލެއާ އަކުންނެވެ. ބޭނުންނަމަ މައްޗަށް ޗޮކްލެޓް ގާނާލާފަ އެޅިދާނެ އެވެ.