ވެމްކޯ އިން ކުނި އެޅުމަށް ވިއްކާ ކޮތަޅު ހިލޭ ޑެލިވަރީ ކޮށްދޭނީ 24 ބޮނޑި ނަގާނަމަ ކަމަށް ވެމްލޯ އިން ބުނެފިއ ެވެ.

ޕްލާސްޓިކު ކޮތަޅުން ޓެކްސް ބޮޑުކުރުމައި އެކު ކޮތަޅުގެ އަގު ވަނީ ބޮޑެވެފައި އެވެ. އެކަން ހައްލު ކުރުމަށް ވެމްކޯއިން ވަނީ ކޮތަޅު ވިއްކަން ފަށާފައި އެވެ.

ވެމްކޯ އިން ބުނީ ހިލޭ ޑެލިވަރީކޮށްދޭނީ ގިނައިން ކޮތަޅު ގަންނަ ފަރާތްތަކަށް ކަމަށެވެ. އެގޮތުން ހިލޭ ޑެލިވަރީ ކޮށްދެނީ 24 ބޮނޑި ކޮތަޅު އެއްފަހަރާ ގަންނަ ފަރާތްތަކަށް ކަމަށް ވެމްކޯއިން ބުނެއެވެ. އަދި އެއީ ވިޔަފާރިތަކަށް ހާއްސަކޮށް ވިއްކާ ކޮތަޅު ކަމަށް ވެސް ވެމްކޯއިން ބުނެއެވެ. އަދި 3 ދުވަސް ތެރޭ ޑެލިވަރީ ކޮށްދޭނެ ކަމަށް ވެސް ވެމްކޯއިން ބުނެ އެވެ.

މިގޮތަށް އޯޑަރު ކުރުމުން ކޮތަޅު އަގު ހެޔޮވެފައި ޑިސްކައުންޓު ވެސް ލިބޭނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައި އެވެ. އެހެންވީމާ ފިހާރަތަކުން ވެސް އާންމުންނަށް އަގު ހެޔޮކޮށް ކޮތަޅު ލިބޭނެ ކަމަށް ވެމްކޯއިން ބުނެ އެވެ.

ވެމްކޯ އިން ކޮތަޅު ލިބެން ހުންނާނީ ހެނދުނު 11:00 އިން މެންދުރު ފަހު 3:00 އަށް ވެމްކޯގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމަރ ފްރޮންޓް އޮފީސްތަކުންނެވެ.

ވެމްކޯއިން ދެވައްތަރެއްގެ ކޮތަޅު ވިއްކަ އެވެ. އެއީ ކުނިވާޒާތުގެ ބާތްތައް އެޅުމަށް ހާއްސަ ފެހި ކޮތަޅާއި އެހެނިހެން ބާވަތްތައް އެޅުމަށް ކަޅު ކޮތަޅެވެ. ވެމްކޯއިން ވިއްކާ L ސައިޒު (17 އިންޗި) ކޮތަޅު ބޮނޑިއެއްގައި 100 ކޮތަޅު އޮންނާނެ އެވެ. އޭގެ އަގަކީ 35ރ. އެވެ.

XXL ސައިޒު [27 އިންޗީ)ގެ 100 ކޮތަޅުގެ ބޮނޑިއެއް 165ރ. އަށެވެ. XXXL (48 އިންޗީގެ) 50 ކޮތަޅު ހިމެނޭ ބޮނޑި ވެސް ވިއްކަނީ 165 ރުފިޔާއަށެވެ.

ކޮތަޅުގެ އަގު އުފުލިގެން ދިޔައީކުނި މެނޭޖްކުރުމުގެ ގާނޫނަށް ގެނައި އިސްލާހުތަކާ އެކުއެވެ. އެގޮތުން ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަން ވަނީ ނިންމާފައި އެވެ.