އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި އެވެ.
އެސްޓީއޯއިން ބުނީ ތެލުގެ އަގު ހެޔޮކުރީ އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގު ހެޔޮ ވުމުން ކަމަށެވެ. އެހެންކަމުން، މިއަދުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަންތަކުން ތެޔޮ ލިބޭނީ ހެޔޮ އަހުގައި ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެސްޓީއޯ އިން ތެލުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 15.14 ރ. އެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 15.70 ރ. އަށެވެ.
އެސްޓީއޯ އިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ކަމަށެވެ. މި ގޮތުން ދުނިޔޭގެ ބާޒާރުގައު ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތައް ގެންނަމުން ގެންނާނެ ކަންވެސް އެ ކުންފުނިން ބުންޏެވެ.
މިއަހަރުގެ އޮސްކާ އެވޯޑަށް އާއްމުންގެ ފިނި ތަރުހީބެއް!
ހޫނު މޫސުމުގައި ކޮންޑޯ އެއާލައިނުން އަލުން ދަތުރު ފަށަނީ
ރަޝިޔާ އޮތީ އީރާނާއެކު ސާބިތުކަމާއެކު: ޕުޓިން
