ޝާހްރުކް ޚާންއާއި ދީޕިކާ ޕަދުކޯން ފެނިގެންދާ ފިލްމު ޕަތާން ނުކުތް ފަހުން 100 ދުވަސް ހަމަވެފައިވާއިރު މެދުނުކެނޑި އެ މުއްދަތުގައި ސިނަމާތަކުގައި ދައްކައިފި އެވެ.

މިދިޔަ ޖެނުއަރީ މަހު ނުކުތް ޕަތާންގެ ޝޯތައް އިންޑިއާގެ ބައެއް ސިނަމާތަކުގައި އަދިވެސް ދައްކަމުން އަންނައިރު މިއީ އެ ލަގަބު ލިބުނު ބޮލީވުޑްގެ މަދު ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ.

މިފަހުން ޕަތާން ފިޔަވައި 100 ދުވަހު މެދުނުކެނޑި ސިނަމާތަކުގައި އަޅުވާފައިވާ ފިލްމުތަކުގެ ތެރޭގައި ކޭޖީއެފް އާއި އާރްއާރްއާރް ހިމެނެ އެވެ. އެހެން ނަމަވެސް އެއީ ދެކުނު އިންޑިއާގެ ފިލްމުތަކެވެ.

ޕަތާންއަކީ އޭކްތާ ޓައިގާ، ޓައިގާ ޒިންދާ ހޭ އަދި ވާ ފަދަ ކާމިޔާބު ފިލްމުތައް ނެރެފައިވާ ޔަޝް ރާޖް ފިލްމްސްގެ އެންމެ ކާމިޔާބު ފިލްމެވެ.

ޝާހުއާއި ދީޕިކާގެ އިތުރުން ޖޯން އަބްރަހަމް އިސް ރޯލުތަކުން ފެނިގެންދާ މި ފިލްމަކީ ހަތަރު އަހަރަށްފަހު ނެރުނު ޝާހުގެ ފުރަތަމަ ފިލްމެވެ.

މި ފިލްމު ވަނީ ބޮލީވުޑްގެ 300 ކްރޯޑްގެ އާމްދަނީ ލިބުނު މަދު ފިލްމުތަކުގެ ތެރޭގައި ހިމެނިފަ އެވެ.