އަނގަައަށް ކިތަންމެހާ ވެސް މީރެވެ. ރެސްޓޯރެންޓުތަކުގައި ފަސޭހަކަމާއެކު ލިބެން ހުރެ އެވެ. އެހެން ނަމަވެސް މި ކެއުމަކީ އަހަރުމެންގެ އުމުރުން އަހަރުތަކެއް ނަގާލާ ކެއުމެއް ކަމަށް ފަހުގެ ދިރާސާތަކުން މިވަނީ ހޯދާފަ އެވެ. އެއީ ތެލުލި ކުކުޅެވެ.

ހޫނު ތެލުގައި ތެލުލައި މުރަނަކޮށް ހުންނަ "ކްރިސްޕީ ފްރައިޑް ޗިކަން" އަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު ގަޔާވެގެން ކާ ކެއުމެކެވެ. ރައްޓެހިންނާއެކު ކެއުމަކަށް އިންސާފު ކުރަން ބަލާއިރު އެންމެ ފުރަތަމަ ހިތަށް އަންނަނީ މި ކެއުން ލިބެން ހުންނަ ރެސްޓޯރެންޓެކެވެ.

އާދަވެގެން ތެލުލި ކުކުޅު ކާމީހުން، އެފަދަ ތަކެއްޗާއި ދުރު މީހުންނާ އަޅާ ބަލާއިރު، ހިތުގެ ބަލިތައް ފަދަ ނުރައްކާތެރި ބަލިތަކުގައި މަރުވުމުގެ ފުރުސަތު %13 އަށް އިތުރު ކަމަށް ދިރާސާ ކުރާފަރާތްތަކުން ބުނެއެވެ.

ހޫނު ތެލުގައި ތެލުލާފައި ހުންނަ ކާނާ އަނގަޔަށް ކިތަންމެ މީރު ކަމުގައި ވިޔަސް އޭގައި ގިނަ އަދަދަކަށް ފެޓްސް، ކެލޮރީސް އަދި ލޮނު ހިމެނެ އެވެ. މިއީ ކެއުމުގެ ރަހަ މީރުކޮށްދޭ ބާވަތްތައް ކަމުގައި ވިޔަސް ސިއްހަތަށް އެންމެ ފައިދާހުރި ބާވަތްތަކަށް ނުވެ އެވެ.

މި ކެއުމުގެ ސަބަބުން ހަށިގަނޑުގައި ކޮލެސްޓްރޯލް ހުންނަންވާ މިންވަރަށްވުރެ އެތައް ގުނައެއް އެ އިތުރު ކުރުވާއިރު ލޭ މައްޗަށް ދިއުމާއި ހިތުގެ ބަލިތަކަށް ވެސް މަގުފަހިވެ އެވެ.

އާޚިރު ނަތީޖާއަކަށް ވަނީ މިފަދަ ބަލިތަކުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ބަލިމަޑުކަމެއް ކުރިމަތިވެ އެކަމުގައި މި ދުނިޔެއާ ވަކިވުމުގެ ފުރުސަތު ބޮޑު ވުމެވެ.