މޭކަޕް ކުރުމަކީ އަހަރުމެންގެ ތެރެއިން ވެސް ޒުވާން އަންހެން ކުދިންގެ މެދުގައި އާއްމު ކަމެކެވެ. ވަގުތީ ގޮތުން ބުރަސޫރަ ރީތިކޮށްލުމަށް ކުރެވޭ މި އާދައިގެ ކަމަކީ އޭގެ ނުރައްކާ މުޅި އުމުރަށް ކުރުވާ ފަދަ ނުރައްކާތެރި ކަމެކެވެ.

އެގޮތުން ގަވާއިދުން މޭކަޕް ކުރުމަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ކެންސަރުގެ ނުރައްކަލަށް ހުށައަޅުމުގެ ފުރުސަތު ދެގުނައަށް އިތުރު ކޮށްދޭ ކަމެއް ކަމަށް ދިރާސާއަކުން މިވަނީ ދައްކާފަ އެވެ.

މޭކަޕްގެ އެކި އުފެއްދުންތަކަކީ އެކި ކަހަލަ ކެމިކަލްތައް ހިމަނައިގެން އުފައްދައިފައިވާ ތަކެއްޗެވެ. އެގޮތުން އެފަދަ ގިނަ އުފެއްދުންތަކުގައި އެކުލެވޭ ކެމިކަލެއް ކަމުގައިވާ “ޕެރެބެން” އަކީ ރަނގަޅު ޖަރާސީމު އުފެދުން ހުއްޓުވައިދޭ މާއްދާ އެކެވެ. ނަތީޖާއަކީ ކެންސަރަށް މަގުފަހިވުމެވެ.

އޭގެ އިތުރުން ލޮލުގެ ފުރިހަމަކަން އެތައް ގުނައަކަށް އިތުރު ކޮށްދޭ މަސްކަރާގައި ކިޑްނީއާއި ނޭވާލުމުގެ ނިޒާމަށް ގެއްލުންދޭ ކެމިކަލެއް ކަމުގައިވާ "ސޯޑިއަމް ލޯރޭޓް ސަލްފޭޓް" ނުވަތަ އެސް.އެލް.އީ.އެސް 90 އިންސައްތައަށް އެކުލެވެ އެވެ. ކ

މޭކަޕް ކުރުމަކީ މިފަދަ އެތައް ގެއްލުމެއް ލިބޭ އެއްޗަކަށް ވާއިރު މޭކަޕް ބޭނުންކުރެވޭ މިންވަރު މަދު ކޮށްލުމަކީ ހަމަގައިމުވެސް ތިބާގެ ސިއްޙަތު ސަލާމަތުން ބެހެއްޓުމަށް ކުރެވޭ ކަމެކެވެ.