އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) މިހާރު އޮތީ އެންމެ ފޯރިގަދަ ހިސާބުގަ އެވެ.

މި މުބާރާތުގެ ސްޓޭޑިއަމްތަކުގެ އެތެރެއިންނާއި ބޭރުން މުބާރާތުގެ ފޯރި ފެންނަމުން އަންނައިރު، ކުރިއަށް އޮތީ އެންމެ ފޯރިގަދަވާނެ މެޗުތަކެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ކްރިކެޓް މުބާރާތުގެ ފައިނަލަށް ދާ ދެ ޓީމު ހޮވުމަށް ކުޅޭ ކޮލިފައިން ދެ މެޗު މިއަދު ކުޅޭއިރު މުބާރާތުގެ ފައިނަލް ކުޅޭނީ އަންނަ އާދިއްތަ ދުވަހު އެވެ.

މީޑިއާނެޓު މެދުވެރިކޮށް ދިވެހިންނަށް މި ފަހަރު އައިޕީއެލް މުބާރާތުގެ މެޗުތައް ގެނެސްދޭއިރު، އެންމެ 50ރ. ހަރަދުކޮށްގެން "އައިޕީއެލް" ޕެކު މެދުވެރިކޮށް މި މެޗުތައް ބެލޭނެ އެވެ.އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ މުބާރާތުގައި ކުރިއަށް ވެސް ފޯރިގަދަ މެޗުތަކެއް އެބަހުއްޓެވެ.

ކޮލިފަޔާ 1

މި މެޗުގައި ބައްދަލުކުރާނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ގުޖުރާތު ޓައިޓަންސް އާއި މީގެ ކުރިން ހަތަރު ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ޗެންނާއީ ސުޕަ ކިންގްސް އެވެ. މި މުބާރާތުގައި ގުޖުރާތު ޓީމު ފެންނަނީ ވަރަށް ވަރުގަދަކޮށެވެ. އެ ޓީމުން ލީގު ސްޓޭޖު ނިންމާލީ 10 މެޗުން މޮޅުވެ، 20 ޕޮއިންޓާ އެކު އެވެ. ގުޖުރާތު ޓީމުގެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ޝުބަމް ގިލް، މުހައްމަދު ޝާމީ އަދި ރާޝިދު ހާން ފަދަ ހުނަރުވެރި ކުޅުންތެރިން ހިމެނެ އެވެ.

ޗެންނާއީ ޓީމުން ލީގު ސްޓޭޖު ނިންމާލީ ޓޭބަލްގެ ދެވަނައާ އެކު އެވެ. މި ޓީމުގެ ލީޑަރަކީ އިންޑިއާގެ ކްރިކެޓް ތަރި އެމްއެސް ދޯނީ އެވެ.

މީގެ އިތުރުން، ތުޝާރު ދޭޝްޕާންޑޭ އާއި ޑެވޮން ކޮންވޭ އަކީ ޗެންނާއީ ސުޕަ ކިންގްސްގެ ތަރިންނެވެ.

ކޮލިފަޔާ 2

މި މެޗުގައި ބައްދަލުކުރާނީ ލަކްނައު ސުޕަ ޖަޔަންޓްސް އަދި މުމްބާއީ އިންޑިއަންސް އެވެ. ލަކްނައު ޓީމުން ދައްކާ މޮޅު ކުޅުމާ އެކު، މުބާރާތުގައި އެންމެ ފާހަގަކުރެވޭ އެއް ޓީމަކީ މިހާރު ލަކްނައު ޓީމެވެ.

ކޭއެލް ރާާހުލްގެ ކެޕްޓަން ކަމުގައި އެ ޓީމުން ދައްކާ އާދަޔާ ހިލާފު މޮޅު ކުޅުމާއި ޓީމުގައި ހިމެނޭ އިނގިރޭސިވިލާތުގެ މާކް ވުޑްގެ ބޯލިން ހުނަރު އަދި މާކް ސްޓޮއިނިސްގެ ބެޓިން ހުނަރާ އެކު ލަކްނައު ޓީމުން ކުރާ އުއްމީދު ބޮޑެވެ.މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، މުމްބާއީ އިންޑިއަންސް އިން ކުރާ އެންމެ ބޮޑު އެއް އުއްމީދަކަށް ވާނީ ހަ ވަނަ ފަހަރަށް އައިޕީއެލް ކާމިޔާބުކުރުމެވެ.

ބޯލަރު، ޕިޔޫޝް ޗާވްލާ އަދި ޒުވާން ތަރު ސޫރިޔާކުމާރު ޔާދަވާއާ އެކު މުބާރާތުގެ ތައްޓަށް އެ ޓީމުން ކުރަނީ ފޮނި އުއްމީދެކެވެ.