ސަރުކާރުގެ އަމަޒަކީ ކުރިއަށް އޮތް ފަސް އަހަރު ނިމިގެންދާއިރު ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 92 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުންކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ދެހާސް ތޭވީހުން 2027 އަށް އެކުލަވާލާފައިވާ ފަތުރުވެރިކަމުގެ ދާއިރާގެ މާސްޓާ ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ނައުޝާދު މުހައްމަދު ވިދާޅުވީ މި މާސްޓާ ޕްލޭންގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށްއޮތް ފަސް އަހަރަށް ބައްޓަންކުރާނެ އަދި ހާސިލްކުރަން ބޭނުންވާނެ މުހިންމު ކަންކަން ހިމެނިފައި ވާނެ ކަމަށެވެ. އެގޮތުން އެންމެ މުހިންމު އެއްކަމަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރު ކުރުން ކަމަށް ނައުޝާދު ވިދާޅުވި އެވެ.
ނައުޝާދު ވިދާޅުވި ގޮތުގައި މި މާސްޓާ ޕްލޭން ނިމިގެންދާއިރު ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ އަހަރަކު 92 ބިލިއަން ރުފިޔާއަށް އިތުރުކުރުމަށް ޕްލޭންތަކެއް އެކަށައަޅާއި، އަމާޒުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ.
ފަސް ވަނަ މާސްޓާ ޕްލޭންގައި ހާސިލްކުރަން ކަނޑައަޅާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ފަތުރުވެރިކަމުން ލިބޭ މަންފާ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ރައްޔިތުންނަށް އިތުރުކުރުމާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ތަފާތު، އާ އުފެއްދުންތައް އަދި ތަޖުރިބާތައް އެ ދާއިރާ އަށް ތައާރަފްކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ޝާމިލުވާ ހުރިހާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތަކަށް ރައްކާތެރިވެ، ރާއްޖޭގެ ގުދުރަތީ ހަޒާނާތައް ހިމާޔަތް ކުރަން މަސައްކަތް ކުރުން ހިމެނެ އެވެ.
މީގެ އިތުރުން ރާއްޖެ އަންނަ ހުރިހާ ފަތުރުވެރިންނަށް ޒަމާނީ ފެންވަރުގެ ދަތުރުފަތުރުގެ ނިޒާމެއް ކަށަވަރުކޮށްދިނުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްތެރިން ދަމަހައްޓާ، މަސައްކަތްތެރިން އެ ސިނާއަތަށް ޝައުގުވެރި ކުރުވުންވެސް ވަނީ ހިމަނައިފަ އެވެ.
4،300 ޑޮލަރާއެކު އެންމެ ގިނައިން ސާވިސް ޗާޖް ދިން ރިސޯޓަކަށް ވެލާ
"ދަ ބީޓްލްސް"ގެ ފުރަތަމަ ފެނިލުން އާއްމުކޮށްފި
އީރާނުގެ މުޒާހަރާ ތެރެއަށް އެމެރިކާއިން ވަދެ ހަމަނުޖެހުން ހިންގި