ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން ޗައިނާ މަޝްހޫރު ސުމާޓްފޯނު ބްރޭންޑެއް ކަމަށްވާ ރިއަލްމީ ބްރޭންޑް ފޯނުގެ އެމްބެސެޑަރަކަށް ހަމަޖައްސައިފި އެވެ.

ޗައިނާގެ ސްމާޓްފޯން އުފައްދާ ކުންފުނި ރިއަލްމީ އިން އިންޑިއާގައި ހުންނަ އާ ބްރޭންޑް އެމްބެސެޑަރަކަށް ޝާހްރުކް ޚާން ހަމަޖައްސާފައިވާކަން އެކުންފުނިން ވަނީ އިއުލާނުކޮށްފަ އެވެ.

ރިއަލްމީ ކަހަލަ ބްރޭންޑެއް އިޝްތިހާރުކޮށް ދޭން ޝާހްރުކަކީ އެއް ވަނައިގެ ތަރިއެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އޭނައާ އެކީ ރިއަލްމީގެ އެންމެ ފަހުގެ ފޯނުތައް އިޝްތިހާރު ކުރާނީ "ޑެއާ ޓު ލީޕް" ޓެގް ލައިނާ އެކީގަ އެވެ. ރިއަލްމީގެ ވިޔަފާރި އިތުރަށް ޕްރޮމޯޓް ކުރުމުގައި ޝާހްރުކް އެހީތެރިވާނެ އެވެ.

ރިއަލްމީ 11 ޕްރޯ 5ޖީ ސީރީޒް ލޯންޗު ކުރަން ތައްޔާރުވަމުނެވެ

އުމުރުން 57 އަހަރުގެ ޝާހްރުކްއަކީ ގިނަ ކުންފުނިތަކުގެ އުފެއްދުންތައް ޕްރޮމޯޓްކޮށް ދީގެން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ބޮލީވުޑްގެ އެއް ފަންނާނެވެ.

މީގެ ކުރިން ރިއަލްމީ ވަނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާންވެސް އެމްބެސެޑަރަކަށް ހަމަޖައްސާފަ އެވެ. އެއީ 2020 ވަނަ އަހަރުގަ އެވެ.