އެމެރިކާގެ ކުރީގެ މަޝްހޫރު ރޮކް ބޭންޑް ލީޑް ވޯކަލިސްޓް ކާޓް ކޯބެއިން ބޭނުންކުރި ގިޓާއެއް 600،000 ޑޮލަރަށް ވިއްކާލައިފި އެވެ. މިގިޓާއަކީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ގިޓާއެކެވެ.

ނިއުޔޯކުގެ ހާޑް ރޮކް ކެފޭގައި ބޭއްވި ނީލަމުގައި ފަޅައިގެން ގޮސްފައިވާ ކަޅުކުލައިގެ ފެންޑާ ސްޓްރެޓޯކާސްޓާ ގިޓާ ވިއްކާލީ ކުރިން ހީކުރިވަރަށް ވުރެން އަގު ބޮޑުކޮށެވެ. އެގޮތުން މިގިޓާ ވިއްކާލާފައިވަނީ 600،000 ޑޮލަރަށެވެ. މިގިޓާ ގަތް މީހާއާ ބެހޭ މައުލޫމާތެއް ހާމަކޮށްފައިނުވެ އެވެ.

ކޯބެއިން ބޭނުންކުރި ގިޓާ

މި ގިޓާ ހަލާކުވީ 1990 ގެ އަހަރުތަކުގެ ކުރީކޮޅު ނިރްވާނާ އިން އެމީހުންގެ ބްރޭކް އައުޓް އަލްބަމް ނެވާމައިންޑް ގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އަލުން އަލުން މިގިޓާ ހެދި ނަމަވެސް މިގިޓައަކީ މިހާރު އެއްވެސް ވަރަކަށް ބޭނުން ކުރެވޭ ގިޓައެއްނޫނެވެ.

މި ގިޓާގައި އެބޭންޑްގެ ތިން މެމްބަރުން ވެސް ސޮއިކޮށްފައިވަނީ ސިލްވާ މާކެރަކުންނެވެ.

މީގެ ދެ އަހަރު ކުރިން 1993 ވަނަ އަހަރުގެ ފަހުކޮޅު ކޯބެއިން އޭނާގެ ލެޖެންޑަރީ އެމްޓީވީ އަންޕްލަގްޑް ޕާފޯމަންސަށް ބޭނުންކުރި އެކޯސްޓިކް ގިޓާ ވިކިފައިވަނީ 6 މިލިއަން ޑޮލަރަށެވެ.

ހުނަރުވެރި ލަވަކިޔުންތެރިޔާ ވަނީ 1994 ގައި އަމިއްލަ އަށް މަރުވެފަ އެވެ.