ކުރުނބާއަކީ ދިވެހިން އެކި ކަންކަމުގައި ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. ފަސޭހައިން ލިބެން ހުންނަށް ހަށިގަނޑަށް އެއިން ގިނަ ފައިދާ ލިބޭ މޭވާ އެކެވެ.

ލޭ މައްޗަށް ދިއުން ކޮންޓްރޯލް ކޮށްދޭ

ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ކުރުނބާ ފެނަކީ ލޭ ދައުރުވުން ރަނގަޅުކޮށްދީ، ލޭގެ ޕްރެޝަރު ދަށްކޮށްދޭ އެއްޗެކެވެ. އޭގެ ސަބަބުން ހާޓް އެޓޭކާއި އެހެނިހެން ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާވެސް ކުޑަވެގެންދެ އެވެ. މީގެ އިތުރުން ކުރުނބާ ފެނުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށްދެ އެވެ.

ބަރުދަން ލުއިކޮށްދޭ

ބަރުދަން ލުއިކުރަން ބޭނުންނަމަ، ކެއުމުގައި ކުރުނބާ ފެން ހިމަނަން ހަނދާން ކުރާށެވެ. ކުރުނބާ ފެނަކީ ފެޓްސް މަދު، އަވަހަށް ބަނޑު ފުރާލަދީ ބަނޑުހައިވާ މިންވަރު ކުޑަކޮށްދޭ މީރު ބުއިމެކެވެ.

ދިފާޢީ ބާރު އިތުރުކޮށްދޭ

ކުރުނބާ ފެނަކީ ރައިބޮފްލޭވިންއާއި ނައިސިން އާއި ތައިމިންގެ އިތުރުން ޕައިރިޑޮކްސިން އަދި ފޯލޭޓްސްފަދަ ނިއުޓްރިއެންޓްސް އާއި ވިޓަމިންސް އިން ފުރިގެންވާ އެއްޗެކެވެ. މިއީ ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުގަދަކޮށްދީ، ފްލޫފަދަ ވައިރަލް އިންފެކްޝަންތަކާއި ހަނގުރާމަކުރުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ.

ކިޑްނީގެ ސިއްޙަތު ރަނގަޅުކޮށްދޭ

ކުރުނބާ ފެނުގައި ހިމެނޭ ޕޮޓޭސިއަމް އާއި މެގްނީސިއަމްފަދަ މިނަރަލްތަކަކީ ކިޑްނީގެ ބަލިތައް ޖެހިފައިވާ ފަރާތްތަކަށް ވަރަށް ރަނގަޅު، ފައިދާހުރި ބުއިމެކެވެ. މީގެ އިތުރުން އެއީ ޔޫރިން އުފައްދައި ބޭރުކޮށްދޭ މިންވަރުވެސް އިތުރުކޮށްދޭ އެއްޗެކެވެ.

ހަންގަނޑު ސާފުކޮށްދޭ

މޫނުގައި މާގިނައިން ބިހި ނަގާނަމަ ނުވަތަ ހަންގަނޑުގެ ޒުވާންކަން ދަހަމަހައްޓަން ބޭނުންވާނަމަ، ރޭގަނޑު ނިދުމުގެ ކުރިން މޫނުގައި ކުރުނބާ ފެން ހާކާށެވެ. އަދި ބޭނުންނަމަ އަތާއި ނިޔަފަތީގައި ކުރުނބާ ފެން އުނގުޅުމުން ނިޔަފަތިތައް ރީތިވެ އެވެ.