ރަންވީރު ސިންހްއަކީ ބޮލީވުޑްގައި މިހާރު ހަރަކާތްތެރިވާ ތަރިންގެ ތެރެއިން އެންމެ ކާމިޔާބު އެއް ތަރި އެވެ. 2010 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތުމަށްފަހު އޭނާ ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފަ އެވެ.

ބޮލީވުޑްގައި ކާމިޔާބު 12 އަހަރު ހޭދަ ކުރުމަށްފަހު އަންހެނުން ދީޕިކާ ޕަދުކޯން ފަދައިން ރަންވީރު ވެސް ހޮލީވުޑަށް މިސްރާބު ޖަހާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

އެގޮތުން ހޮލީވުޑްގެ ޓެލެންޓް އެޖެންސީއަކަށް ރަންވީރު ވަދެފައިވާ ކަމަށާއި ވަރަށް އަވަހަށް ހޮލީވުޑްގެ ޕްރޮޖެކްޓެއް އޭނާއަށް ލިބުން ގާތް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ވިލިއަމް މޮރިސް އެންޑެވިއާ ނަމަކަށް ކިޔާ އެ ޓެލެންޓް އެޖެންސީއަކީ ހޮލީވުޑްގެ ކާމިޔާބު ގިނަ ތަރިންތަކެއް ތަމްސީލުކުރާ އޭޖެންސީ އެކެވެ.

ބުނެވޭ ގޮތުގައި ރަންވީރުގެ ކުރިން 2021 ވަނަ އަހަރު ބޮލީވުޑް ތަރި އާލިއާ ބަޓް ވެސް ވަނީ އެ އޭޖެންސީގައި ބައިވެރިވެފަ އެވެ. އާލިއާއަށް ވެސް މިހާރު ހޮލީވުޑުން ފުރުސަތުތައް ލިބެމުންދެ އެވެ.

ބޮލީވުޑްގެ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިފަހުން ނެރުނު ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީއިން ކިއާރާ އަދްވާނީއާ އެކުގަ އެވެ.