މިއަހަރުގެ ޖޫން މަހާ އަޅާބަލާއިރު ނިމުނު ޖުލައި މަހު، ރާއްޖެއިން ޑެންގީ ޖެހުނު މީހުންގެ އަދަދު ދަށްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު ޖޫން މަހު 673 މީހުންނަށް ޑެންގީ ޖެހުނު ނަމަވެސް ޖުލައި މަހު އެ އަދަދު ވަނީ 34 އިންސައްތަ ދަށްވެ 443 އަށް ތިރިވެފަ އެވެ.
ޑެންގީގެ އިތުރުން އާންމު ރޯގާތަކާއި ބޭރަށްހިންގުމުގެ ކޭސްތައް ވެސް ވަނީ މަދުވެފަ އެވެ. އެގޮތުން އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު 14 އިންސައްތަ ދަށްވެ 29،663 އަށް ތިރިވިިއިރު، އިންފުލުއެންޒާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 142 އިން 33 އަށް މަދުވެފަ އެވެ. އަދި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ވެސް ވަނީ 4,307 އަށް ދަށްވެފަ އެވެ.
އަދަދުތައް ދަށްވި ނަމަވެސް، މަދިރީގެ ޒަރީއާއިންނާއި ވައިގެ ތެރެއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިންމުކަން އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފަ އެވެ. އެގޮތުން ހަށިގަނޑު ނިވައިވާ ގޮތަށް ހެދުންެއެޅުމާއި، ސައިބޯނިލައިގެން އަތްދޮވުމާއި، ބަލިވެއްޖެނަމަ ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ތިން ދުވަހަށްވުރެ ގިނަދުވަސް ވާނަމަ ޑޮކްޓަރަށް ދެއްކުމަށާއި، ހޮސްޕިޓަލަށް ދާއިރު ކުޑަކުދިންނާއި މާބަނޑު މީހުން އަދި ބަލިމީހުންނަށް ޒިޔާރަތްކުރުން މަދުކުރުމަށް ވެސް ވަނީ އިރުޝާދުދީފަ އެވެ.
"ޓެރިފް ކަނޑާލުމުން މަސްގަތުމުގެ ވާދަވެރި ބާޒާރެއް އުފެދިއްޖެ"
މަތިވެރީ ފިނޮޅަށް ފީ ދައްކައިގެން ނޫނީ ނޭރޭ ގޮތަށް އުސޫލެއް
ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނީ ސައީދު ބަދަލުކޮށްގެން: ޒިޔާދު