ތެލޫގޫ އަދި ބޮލީވުޑްގައި ވިދަމުން އަންނަ ޒުވާން ތަރި، ރަކުލް ޕްރީތު ސިންގް ރާއްޖެ އަށް ޗުއްޓީ އަތުވެއްޖެ އެެވެ.

ރަކުލް މިފަހަރުވެސް ޗުއްޓީއަށް ރާއްޖެ އައިސްފައިވަނީ އޭނާގެ ލޯބިވެރިޔާ ލޯބިވެރިޔާ/ޕްރޮޑިއުސަރު ޖެކީ ބަގްނާނީއާ އެކީގަ އެވެ. ރަކުލް މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ. މި ދެލޯބިވެރިން އަންނަނީ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. ރަކުލް މޫދުކައިރީގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް ސޯޝަލް މީޑިއާއަށް ވަނީ ދޫކޮށްލާފަ އެވެ. އެގޮތުން އޭނާގެ ސޯޝަލް މީޑިއާއަށް ދޫކޮށްލި އެއް ފޮޓޯގެ ކެޕްޝަނަކަށް ޖަހާފައި ވަނީ "މާމެއިޑް" އެވެ.

ރަކުލް ޕްރީތު ސިންގް

މިފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފަ އެވެ. އަދި ބަތަލާ ރަކުލްގެ ފޭނުންވެސް އެފޮޓޯތަކަށް ވަނީ ތައުރީފު ކޮށްފަ އެވެ.

އުމުރުން 32 އަހަރުގެ ބަތަލާ ރަކުލްހެ އެންމެ ފަހުގެ ހިންދީ ފިލްމަކީ މި އަހަރުގެ ޖެނުއަރުގައި ޒީ5 އިން ޕްރީމިއާކުރި "ޗަތުރީވާލީ" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "މޭރީ ޕަތުނީ ކާ ރިމޭކް" އާއި "އަޔަލާން" އަދި "އިންޑިއަން 2" ހިމެނެ އެވެ.

ރަކުލް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ތޭންކް ގޯޑް"، "ދޭ ދޭ ޕިޔާރު ދޭ"، "މަރުޖާވާ"، "ރަންވޭ 34"، "ޑޮކްޓަރު ޖީ" އަދި "އެޓޭކް" ފަދަ ފިލްމުތައް ހިމެނެ އެވެ.