ބަތަލާ ޕްރިޔަންކާ ޗޯޕްރާ ލީޑް ރޯލްކުޅޭ ވެބް ސިރީސް "ސިޓަޑެލް" އިންޑިއާ ވާޝަން ގެނެސްދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މިއީ "އެވެންޖާސް: އެންޑްގޭމް" ފަދަ ފިލްމުތައް ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯ ރުސޯ ޕްރޮޑިއުސްކުރާ ސްޕައި ތްރިލާ ސީރީޒް އެވެ.

"ސިޓަޑެލް" ގެ އިންޑިއާ ވާޝަންގައިވެސް ލީޑް ރޯލުން ފެނިގެންދާނީ ކުޅަދާނަ ބަތަލާ ޕްރިޔަންކާ އެވެ. މީގެ އިތުރުން މިސީރީޒްގައި ވަރޫން ދަވަނާއި ސަމަންތާ ރޫތު ޕްރަބޫ ފެނިގެންދާނެ އެވެ. މިސީރީޒް ޑައިރެކްޓްކުރަނީ ޝާހިދު ކަޕޫރުގެ ސީރީޒް "ފަރުޒީ" އެމެޒޯނަށް ގެނެސްދިން ރާޖް އެންޑް ޑީކޭ އެވެ.

"ސިޓަޑެލް"ގައި ސަމަންތާ އާއި ވަރުން ފެނިގެންދާނެ ރޯލާ މެދުގައި ގިނަ ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ. އެގޮތުން ސަމަންތާ މިވަނީ މިސީރީޒްގައި އޭނާ ފެނިގެންދާނީ ކޮން ރޯލަކުން ކަން ހާމަކޮށްފަ އެވެ.

"ސިޓަޑެލް" އިންޑިއާ ވާޝަންގައި ސަމަންތާ ފެނިގެންދާނީ ޕްރިޔަންކާގެ މަންމަގެ ރޯލުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާ ވާޝަން ގެނެސްދޭނީ މުޅީން ތަފާތު ސްޓޯރީލައިން އެކެވެ. "ސިޓަޑެލް"ގެ އިންޑިއާ ވާޝަން ޕްރިޔަންކާގެ ރޯލްއިން ފެންނާނީ ކުޑަ ކުއްޖެއްގެ ރޯލުން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މި ބައިގައި އެކްޓަރު ވަރުން ދަވަން ކުޅޭނީ ކޮން ރޯލެއްކަން ހާމަކޮށްފައިނުވެ އެވެ.

އިންޑިއާގައި އުފައްދާ "ސިޓަޑެލް"ގެ ބޮޑު ބައެއް ޝޫޓްކުރުމަށް ނިންމާފައިވަނީ އިންޑިއާގެ މުމްބާއިގެ އިތުރުން ނޯތު އިންޑިއާގަ އެވެ.

މި ދެ ލޮކޭޝަންގެ ޝޫޓިންގްތައް ނިންމާލުމަށް ފަހު އިންޑިއާގެ ޓީމުން އިންޑިއާއިން ބޭރު ޤައުމުތައް ކަމަށްވާ ސާބިއާ އަދި ސައުތު އެފްރިކާގައި މިސީރީސްގެ މުހިއްމު ބައެއް ޝޫޓްކުރާނެ އެވެ. އިންޑިއާގެ އުފެއްދުން ރިލީޒްކުރާނެ ވަކި ތާރީޚެއް އިއުލާނު ކޮށްފައިނުވެ އެވެ.

"ސިޓަޑެލް" ގެ ސްޕެއިން، އިޓަލީ އަދި މެކްސިކޯގެ ވާޝަންތަކެއް ވެސް ހަދަން ހަމަޖެހިފައިވެ އެވެ.

ޕްރިޔަންކާ އާއި ރިޗަޑް މެޑްން މުހިއްމު ރޯލުން ފެނުނު އެމެރިކަން ސްޕައި ވެބް ސީރީސްގެ ފުރަތަމަ ސީޒަން ފަސް އެޕިސޯޑާ އެކު ވަނީ ނިންމާލައިފަ އެވެ. ފުރަތަމަ ސީޒަން ނިމުނު ނަމަވެސް މި ސީރީސްގެ ދެވަނަ ސީޒަންއެއް ނެރޭނެކަން ރުސޯ ބްރަދާސްއިން ވަނީ އިއުލާނު ކޮށްފަ އެވެ.