އޮމާން އެއާގެ ދަތުރުތައް މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ފަށަން ތައްޔާރުވެއްޖެ އެވެ.
އޮމާން އެއާއިން ބުނީ އެ އެއާލައިނުން ރާއްޖެއަށް ކުރާ މިދަތުރުތައް ހަފްތާގެ ހަތަރު ދުވަހު ކުރާނެ ކަމަށެވެ.
މި ދަތުރުތައް ކުރާނީ އޮމާންގެ ވެރިރަށް މަސްކަޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މިދަތުރުތަކުގެ އަގު އުޅެނީ މީހަކަށް 385 ޑޮލަރަށެވެ.
އޮމާން އެއާއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައި ވަނީ 2009 ވަނަ އަހަރު އެވެ. ނަމަވެސް 2016 ވަނަ އަހަރު އެ ދަތުރުތައް ވަނީ ހުއްޓާލާފަ އެވެ. އަދި 2018 ވަނަ އަހަރު އެ އެއާލައިނުން އަނެއްކާ ވެސް ރާއްޖެއަށް ދަތުރުތައް ފެށި އެވެ. މިހާރު އެ އެއާލައިނުން ރާއްޖެއަށް ކުރަން ނިންމާފައި ވަނީ ޗާޓާ ދަތުރުތަކެކެވެ. އެއީ ފަތުރުވެރިން ގިނައިން އަންނަ ދުވަސްވަރަށް ބާއްވާ ދަތުރުތަކެކެވެ.
އޮމާން އެއާގެ ދަތުރުތައް ރާއްޖެއަށް ފަށަން ތައްޔާރުވަމުން އަންނަ އިރު، މިހާރު ވެސް ރާއްޖެއަށް ބޭރުގެ 35 އެއާލައިނަކުން އަންނަނީ ދަތުރުތަައް ބާއްވަމުންނެވެ.