އަބަދުވެސް އިވޭ އެއް ވާހަކައަކީ އުމުރަކީ ހަމައެކަނި އަދަދެއް ކަމެވެ. ދިރިއުޅުމުގެ މުހިއްމު ނިންމުންތަކުގައި އުމުރަށް ބަލަން ނުޖެހޭ ކަމެވެ.
އެހެން ނަމަވެސް ދިރިިއުޅުމެއް ފަށައި ދަރިން ހޯދުމަށް ވިސްނާއިރު އުމުރަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް ހޯދުންތަކުން ދައްކަ އެވެ. އުމުރަކީ ހަމައެކަނި ނަމްބަރެއް ނޫންކަން އެ ހޯދުންތަކުން އެނގެ އެވެ.
އެގޮތުން ދަރިން ހޯދުމަށް ވިސްނާއިރު އަންހެނުންނާއި ފިރިހެނުންގެ އުމުރުވެސް ވަރަށް މުހިންމެވެ. ގުދުރަތީގޮތުން އަންހެނުންގެ ބިސް އުފައްދަނީ ވަކި ހާއްސަ އަދަދަކަށް ކަމަށްވާއިރު، އޭގެ ކޮލިޓީ އުމުރުން ދުވަސްވާ ވަރަކަށް ދަށަށް ދެ އެވެ.
އަންހެނުން އުމުރުން ދުވަސްވާ ވަރަކަށް ދަރިމައިވުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެ އެވެ. ހަމަ އެހެންމެ ފިރިހެނުންނަށްވެސް މިހެން ދިމާވާކަމަށް ދިރާސާތަކުން ދައްކަ އެެވެ. ހަމައެކަނި ތަފާތަކީ މި ބަދަލު ފިރިހެނުންނަށް ވުރެ އަންހެނުންގެ ފާހަގަވުން ގިނަ ކަމެވެ.
މާހިރުން ފާހަގަކުރައްވާފައިވަނީ ދަރިމައިވުމަށް ވިސްނާނަމަ ޑޮކްްޓަރެއްގެ ހިޔާލާ މަޝްވަރާ ހޯދުން ވަރަށް މުހިންމު ކަމަށެވެ.
ކަން މހެން އޮތް ނަމަވެސް ދަރިން ހޯދަން އެންމެ ރަނގަޅު ސީދާ އުމުރަކާމެދު ސައިންސްވެރިންގެ މެދުގައި އަދިވެސް ދަނީ ބަހުސް ކުރެވެމުންނެވެ.