ގއ. ވިލިނގިލިން ގެއްލިގެން ހޯދަމުންދިޔަ އެ ރަށު ރަތްވިލާގެ އައްސަދު އަހުމަދު ފެނިއްޖެއެވެ.
ވިލިނގިލިން 38 އަހަރުގެ ދިވެހި ފިރިހެނަކު ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުން ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 1:10ގަ އެވެ. އެއާއެކު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެ ރަށު ކައުންސިލު އަދި އާއްމުން ގުޅިގެން ކުރަމުންދިޔަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އައްސަދު ރޭ ދަންވަރުގެ ވަގުތެއްގައި އޭނާގެ ގެއަށް ގޮސްފައިވާ ކަމަށެވެ. އަދި އައްސަދުގެ ހާލު ރަނގަޅު ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އައްސަދު އާއިލާ އަށް ހަބަރު ނުވެ އުޅުނު ތަނެއް ސާފެއް ނޫނެވެ.
އައްސަދު ގެއްލިގެން ވިލިނގިލީ ރައްޔިތުންނާއި ފުލުހުން އޭނާ ހޯދުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރިއެވެ. ފޯނުން ލޮކޭޝަން ޓްރޭސްކޮށް ބަލަން ޖެހޭ ސަރަހައްދުތައް ވެސް ބެލި އެވެ.
އައްސަދު އަކީ އަމިއްލަ ފިހާރައަކާއި ކޮންސްޓްރަކްޝަންގެ ވިޔަފާރި ކުރަމުންދާ މީހެކެވެ.
ބްރެޑް އަނެއްކާ ވެސް އެންޖެލީނާއަށް ދައުވާ ކޮށްފި
މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރަން 241 ކޮމިޓީން ލަފާދީފި
ކެޓްރީނާ ވިހައިފި، ލިބުނީ ފިރިހެން ކުއްޖެއް