ދަރިފުޅު ކަރަން ޑިއޯލްގެ ކައިވެނި ހަފްލާއެއްގައި ސަނީ ޑިއޯލްގެ ކުރިއަށް އޮތް ފިލްމު "ގަދަރް 2" ޕްރޮމޯޓް ކުރުމުން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ސަނީ ވަނީ ކަރަންގެ ސަންގީތު ހަފްލާގެ ތެރޭގައި ގަދަރް 2ގައި އޭނާ ދައްކުވައިދޭ ކެރެކްޓަރު "ތާރާ ސިންހް"ގެ ގޮތުގައި ހުށައެޅުމެއް ހުށައަޅައިދީފަ އެވެ.

ދަރިފުޅުގެ ހާއްސަ ހަފްލާއެއްގައި ފިލްމު ޕްރޮމޯޓް ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށާއި ހަފްލާގެ ތަރިންގެ މުހިއްމުކަން ގެއްލުވާލާނެ ކަމެއް ކަމަށް މީހުން އަންނަނީ ބުނަމުންނެވެ.

ކަރަން އޭނާގެ ލޯބިވެރިޔާ ދްރިޝާ އަޗާރްޔާއާ ކައިވެނި ކުރަން ތައްޔާރު ވެފައިވާއިރު އެ ދެމީހުންގެ ސަންގީތު ހަފްލާ ބާއްވާފައިވަނީ ޖޫން މަހުގެ 16 ވަނަ ދުވަހު އެވެ.

މި ހަފްލާއަށް ކަރަންގެ ބޮޑުބޭބެއިން ކަމަށްވާ ބޮބީ ޑިއޯލްއާއި އަބޭ ޑިއޯލްގެ އިތުރުން ވެސް ބޮލީވުޑްގެ ގިނަ ތަރިންތަކެއް އައިސްފައިވެ އެވެ.