މިމަހުގެ 15 ވަނަ ދުވަހު ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވު މީހާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ ބަހަކާއި ސައިކަލެއް ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 20 އަހަރުގެ ޒުވާނަކަށެވެ. އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ. ނަމަވެސް ގދ. މަޑަވެލީގެ އެ ޒުވާނާ އަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.

އެ ހޮސްޕިޓަލުން ބުނީ އެ ޒުވާނާ އަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުބުނެ އެވެ.

އެކްސިޑެންޓްވި ދުވަހު ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯތަކުން ފެންނަ ގޮތުގައި، އެ މީހާގެ އަތް އޮތީ ވަރަށް ބޮޑަށް މަށައިގެން ގޮސްފަ އެވެ. އޭނާގެ ސައިކަލު ބަހުގައި ޖެހި، ބަހުގެ ބިއްލޫރިގަނޑެއް ވެސް ހުރީ ވަރަށް ބޮޑަށް ތަޅައިގެން ގޮސްފަ އެވެ.