އަކްޝޭ ކުމާރަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރިންގެ ތެރޭގައި ގުނާލެވޭ ތަރި އެކެވެ. އޭނާގެ ހުނަރުން އެތައް ރޯލެއް މިހާތަނަށް ކުޅެދީފައިވާއިރު އަކްޝޭގެ މަސައްކަތް ފިލްމީ ދާއިރާގެ އެވޯޑް ޝޯތަކުން އަކްޝޭ ނުފެންނަ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކަ އެކެވެ.

މީގެ ދުވަސްތަކެއް ކުރިން އަކްޝޭ ދީފައިވާ އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން އޭނާ އެވޯޑުތަކުން ބުނީ އޭނާއަށް އެއްވެސް އެވޯޑެއް ނުދޭ ކަމަށާއި އެއީ އެންމެ ބޮޑު އަގު ހުށައަޅާ ފަރާތަކަށް ވިއްކާ އެއްޗެއްގެ ގޮތުގައި އަކްޝޭ ވަނީ ސިފަ ކޮށްފަ އެވެ.

އެކްޓަރު އަނުޕަމް ކޭރްއާއެކު ކުރިއަށް ދިޔަ އިންޓަވިއުއެއްގައި ބޮލީވުޑްގެ އަނދިރި ފަރާތް ކިޔައިދެމުން އަކްޝޭ ބުނީ ދާއިރާގައި ގަދަ މަސައްކަތާއި ހުނަރުގެ އަގު ވަޒަން ނުކުރެވޭ ކަމަށެވެ.

އެއާއެކު އެވޯޑް ޝޯތަކަކީ ވިޔަފާރި ފައިދާއަށް ބޭއްވޭ ހަރަކާތަކަށް ވެފައިވާ ކަމަށާއި އެ ހަފްލާތަކުގައި ތަރިންގެ ހުނަރަށް ފާޑުކިޔާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިފަހުން އަކްޝޭ ކުދުނު ފިލްމުތަކުގެ ތެރެއިން އޭނާއަށް އެވޯޑެއް ލިބިފައިވަނީ ފިލްމު "ރުސްތަމް" އިންނެވެ. އެ ފިލްމުން އެންމެ މޮޅު އެކްޓަރުގެ އެވޯޑު އޭނާއަށް ލިބުނު ނަމަވެސް އެވްރެޖް ގޮތެއްގައި އެވޯޑް ޝޯތަކުން އަކްޝޭގެ ނަން އިވުން ވަރަށް މަދެވެ.

މިސަބަބަށްޓަކައި މީގެ އަހަރުތަކެއް ކުރިން ހުރިހާ އެވޯޑް ޝޯއެއް ބޮއިކޮޓްކޮށް އެވޯޑް ޝޯތަކަށް ދިއުން ވެސް އަކްޝޭ ވަނީ ހުއްޓާލާފަ އެވެ. އެއީ ވަގުތު ބޭކާރު ކުރުން ކަމުގައި އޭނާ ސިފަ ކުރެ އެވެ.

އަކްޝޭގެ އިތުރުން ބޮލީވުޑްގެ އެވޯޑް ޝޯތައް ބޮއިކޮޓްކޮށް އެވޯޑްތަކަށް ނުދާ ތަރިންގެ ތެރޭގައި އާމިރް ޚާން، ނަވާޒުއްދީން ސިއްދީގީ އަދި ސަނީ ޑިއޯލް ހިމެނެ އެވެ.