އެމެރިކާގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދުނިޔޭގައި މިހާތަނަށް ހަރުކުރެވުނު އެންމެ ބޮޑު ލެޑް ވީޑިއޯ ސްކްރީން ލަސް ވޭގަސްގައި ހުޅުވައިފި އެވެ.

ބޯޅައެއްގެ ބައްޓަމަށް ހަދާފައިވާ މި ސްކްރީނުގައި 1.2 މިލިއަނަށްވުރެ ރަބަރު ޑިސްކު އެކުލެވޭއިރު ކޮންމެ ޑިސްކެއްގައި 48 ލެޑް ބައްތި ހަރުކުރެވިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

https://www.youtube.com/watch?v=wKCY1Ph7T0k

މީގެ ކޮންމެ ބައްތިއަކުން އެތައް މިލއަން ކުލައެއް އުފައްދައިދޭއިރު ސްކްރީނުގެ ބޮޑުމިނުގައި 580،000 އަކަފޫޓު ހުުންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިނިވަން ދުވަހާ ގުޅުވައިގެން މި ސްކްރީނުން ފުރަތަމަ ދެއްކި ހުށައަޅައިދިނުމުގައި އެކި ހަވާ އެރުވުމާއި ޖައްވުގެ މަންޒަރުތައް ފަދަ ތަފާތު މަންޒަރުތައް ދައްކުވާލާފައިވެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ލެޑް ސްކްރީނާއެކު ލަސް ވޭގަސްގެ މަންޒަރު އެއްކޮށް ބަދަލު ވެފައިވާ ކަމަށާއި މީގެ ސަބަބުން އެ ސަަރަހައްދަށް އަންނަ ފަތުރުވެރިން ވެސް އިތުރުވާނެ ކަމަށް ސަރަހައްދީ ސަރުކާރުން ބުނެފައިވެ އެވެ.