ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދޭން ކަރެކްޝަނަލް ސާވިސްއިން ނިންމައިފި ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
އަދީބު ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން ދިނީ އަދީބުގެ މެޑިކަލް ލިޔުންތަކަށް ބެލުމަށް ފަހު މެޑިކަލް ބޯޑުން ލަފާ ދިނުމުން ކަމަށްވެ އެވެ. ނަމަވެސް، އޭނާ ބޭސްފަރުވާއަށް ދަނީ ކޮން ގައުމަކަށް ކަމެއް އަދި ކިހާ މުއްދަތަކަށް ކަމެއް އަދި ޔަގީނެއް ނުވެ އެވެ. އަދި މިކަމާ ގުޅޭގޮތުން ކަރެކްޝަންސްގެ ބަހެއް ވެސް ނުލިބެ އެވެ.
އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި 20 އަހަރަށް ޖަލަށް ހުކުމްކޮށްފައި ވިޔަސް އަދީބު ހުންނަވަނީ، ދައުލަތާ އެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމެއްގެ ދަށުން ގޭބަންދުގަ އެވެ.
ގޭބަންދުގައި ހުންނަވަނިކޮށް، މިދިޔަ ބުދަ ދުވަހު ހާލު ދެރަވެގެން އައިޖީއެމްއެޗްގައި އެޑްމިޓް ކުރި އެވެ. އަދި މިދިޔަ އާދިއްތަ ދުވަހުގެ ވަގުތެއްގައި އަދީބު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.
ސަރުކާރާ އަދީބުއާއެކު ހަދާފައިވާ ޑީލެއްގެ ދަށުން އޭނާ ފުރުވާލަން އުޅޭކަމުގެ އަޑުތަކެއް މީގެ ކުރިން ވެސް ވަނީ ފެތުރުފަ އެވެ.
ކުއްޖަކު މަރާލި17 އަހަރުގެ ކުއްޖާ 13 އަހަރަށް ބަންދުކުރަން ހުކުމް
ރާއްޖޭގައި ހަދާ ޕީއެޗްޑީ ގަބޫލުކުރާނީ 3 އަހަރު ކިޔެވުމުން
އެކަނިވެރި މައިންގެ އިނާޔަތް 15،000ރ. އާ ހަމައަށް ބޮޑުކޮށްފި