30 ދުވަސް ވަންދެން މެދުނުކެނޑި ޓޮމާޓޯ ވިއްކައިގެން އިންޑިއާގެ ރައްޔިތަކު މިލިއަނަރަކަށް ވެއްޖެ އެވެ.
މަހާރަސްތްރާގެ ޕޫނޭއަށް ނިސްބަތްވާ އެ ދަނޑުވެރިޔާ ވަނީ އޭނާގެ ދަނޑުގައި ހައްދާފައިވާ ޓޮމާޓޯތައް މަސް ދުވަހުގެ ތެރޭގައި ވިއްކައި އެއިން ބޮޑު ފައިދާއެއް ވެސް ހޯދާފަ އެވެ.
އުމުރުން 36 އަހަރުގެ އީޝްވަރު ގަޔަކަރް ވަނީ މި އަހަރުގެ މެއި މަހު ޓޮމާޓޯ ނުވިކުމުގެ ސަބަބުން އޭނާގެ ދަނޑުގައި ހެއްދި ގިނަ ޓޮމާޓޯތަކެއް ނައްތާލާފަ އެވެ.
އެހެން ނަމަވެސް އޭގެ ދެ މަސް ފަހުން އޭނާއަށް ވަނީ ހަމަ އެ ޓޮމާޓޯ ދަނޑުން 30 މިލިއަން އިންޑިއާ ރުޕީސްގެ ފައިދާއެއް ލިބިފަ އެވެ.
އެކި އެކި ސަބަބުތަކާހުރެ އިންޑިއާގައި ޓޮމާޓޯ ލިބުން ދަތިވެ ޓޮމާޓޯގެ އަގު އިންތިހާއަށް އުފުލިފައިވާ މި ދަނޑިވަޅުގައި ޓޮމާޓޯ ހައްދާ ދަނޑުވެރިން އަންނަނީ ފައިދާ ވަމުންނެވެ.
އިންޑިއާގެ ކެއްކުމުގައި އާއްމުކޮށް ބޭނުންކުރާ ޓޮމާޓޯގެ އަގު ވަނީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި 300 ޕަސެންޓް އުފުލިފަ އެވެ.
ދަރްމެންދްރާގެ މަރަށްފަހު އޭނާގެ އާ ފިލްމެއް!
ވޯލްޑް ކަޕް 2026ގެ ލޯގޯ އިން ރަމްޒުކޮށްދެނީ ކޮން ކަމެއް!؟
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވާން ކައުންސިލުން ދެކޮޅު