ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގެން ގޭގައި ހުންނެވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވުމަކީ ހިތާމަހުރި އަދި އެކަމާ ގައުމުވެސް ލަދުވެތިވާންޖެހޭ ކަމެއް ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ފަލާހު މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލަން ރައީސް ޔާމީން މަސައްކަތް ކުރައްވަމުންދާ ކަމަށް ތުހުމަތު ކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އޭނާ ވިދާޅުވީ އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލަން ޔާމީން ކުރައްވާ މަސައްކަތުން ހާމަވަނީ އެމަނިކުފާނު ދައްކަވާ ވާހަކަފުޅާއި އަމަލާ ދިމާނުވާ މިންވަރު ކަމަށެވެ.
ފަލާހު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ފަހަކަށް އައިސް އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލަން ޔާމީން ކުރައްވަމުންދާ މަސައްކަތުން އެމަނިކުފާނުގެ އަމަލާއި ބަސް ދިމާނުވާކަން ހާމަވާ ކަމަށެވެ. އަދި މިއަދުވެސް ޔާމީން ފަދަ ބޭފުޅަކަށް ގޭގައި އިނުމުގެ ފުރުސަތު ލިބިފައިވުމަކީ ހިތާމަހުރި އަދި އެކަމާ ގައުމުވެސް ލަދުވެތިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފަލާހު މިހެން ވިދާޅުވިއިރު، ވެރިކަން ވައްޓާލުމުގެ އެއްވެސް ވާހަކަފުޅެއް ރައީސް ޔާމީން ދައްކަވާފައެއްނުވެ އެވެ. އަދި އެކަމާ ގުޅޭ އެއްވެސް ކަމެއް އެމަނިކުފާނު ނުކުރައްވަ އެވެ.
މީގެއިތުރުން ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރުމަށް ގާނޫނީ ގޮތުން ކަނޑައަޅާފައިވާ އުސޫލުތަކާ ދެކޮޅު ހެދުމަށް ރައީސް ޔާމީން ގޮވާލެއްވުމާ ގުޅިގެން ފަލާހު ވަނީ އެކަމަށް ރައްދު ދެއްވާފަ އެވެ. ވެރިކަން ކުރައްވާފައިވާ ބޭފުޅަކު ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާ ހިލާފުވުމަށް ރައްޔިތުންނަށް ގޮވާލެއްވުމަކީ ބޮޑު ކުށަކަށް ދައުވަތު ދެއްވުން ކަމަށް ފަލާހު ވިދާޅުވި އެވެ.
އުފަން ދުވަސްތަކުގައި ކޭކު ފެޅުން ފެށިގެން އައީ ކިހިނެއް؟
ފުވައްމުލަކުގެ ސަޕޯޓަރުންނާ ރައީސް ޔާމީން ބައްދަލުކުރައްވައިފި
