ދަޅުގައި ބަންދުކޮށްގެން ވިއްކާ އެކި ބާވަތްތަކުގެ މަހާއި ކާއެއްޗެހި ކެއުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގައި ކުރި ދިރާސާއަކަށް ފަހު ޖާނަލް ފުޑް އެން ފަންގްޝަންގައި ޝާއިއު ކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާ ކެއުމުން ދަނގަޑުގެ ބާވަތެއް ކަމަށްވާ ޒިންކް ކެމިކަލް ހަށިގަނޑުގެ ތެރެއަށް ދާ މިންވަރު 100 ގުނަ އިތުރުވާ ކަމަށެވެ.

އަދި ދަޅުގައި ބަންދުކޮށްފައި ހުންނަ ކަނޑު މަހާއި ކުކުޅު މަސް ކެއުމުން މި މިންވަރު 5،000 ގުނަ އިތުރުވާ ކަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ.

ދަގަނޑުގެ ބާވަތްތަކަކީ ހަށިގަނޑަށް ބޭނުންވާ އަދި ކޮންމެހެން ހަށިގަނޑުގައި ހުންނަން ޖެހޭ ބައެކެވެ. އެކަމަކު މާ ގިނަވުމުން އޭގެ ގެއްލުން މުޅި ހަށިގަނޑަށް ކުރާ އެއްޗެކެވެ.

އެ ދިރާސާގައި ބުނެފައިވަނީ ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާ އާންމުކޮށް ކާނަމަ ބޮޑުކަމު ދިޔުމުގައި މައްސަލަ ދިމާވާން ފަށަ އެވެ. އަދި ބޮޑުކަމު ދާއިރު ދަޅުގައި ބަންދު ކޮށްފައި ހުންނަ ކާއެއްޗެހި ހަޖަމްވެގެން ބޭރުވުމުގެ ބަދަލުގައި އެތަކެތި ހަށިގަނޑުގެ ބޮޑުކަމުދާ ނިޒާމްގައި ހަރުލާ ހުރުމުގެ ބިރު އެބަ އޮތެވެ.

އޭގެ އިތުރުން ޒިންކް ކެމިކަލްގައި ހިމެނޭ ބައިތައް މާގިނައިން ހަށިގަނޑުގެ އެތެރެއަށް ދާނަމަ ލޭހޮޅިތަކުގައި ތާށިވުމުގެ ބިރުބޮޑު ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

އެ ދިރާސާގައިވާ ގޮތުން ދަޅުގައި ބަންދުކޮށްފައިވާ ކަނޑުމަހާއި ކުކުޅު މަހުގެ އިތުރުން ހަށިގަނޑަށް އެންމެ ގެއްލުން ވަނީ ޒުވާރީ އާއި ޓޮމާޓޯގެ އިތުރުން ތަރުކާރީގެ ބާވަތްތަކުންނެވެ.