ޖާނުން ފިދާވެގެން ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާ ކުރި ދެ މީހެއްގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޖާނުން ފިދާވެގެން ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ ދައުވާ ކުރީ ރ. މަޑުއްވަރީ ވިލުދޮޅި، އިސްހާގު އަލީ އާއި ޏ. ފުވައްމުލަކު އަލުވިމާގޭ، ހުސައިން އަފީފުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އެފަދަ އަމަލެއް ތަންފީޒު ކުރަން ފެށިކަން ނުވަތަ ފުރިހަމަ ކޮށްފައި ވަނީ ކުށުގެ އުންސުރުތަކުގެ ތެރެއިން ކޮން އުންސުރެއް ކަން ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ.
އެ ދެ މީހުންގެ ތެރެއިން ހުސައިން އަފީފަކީ ކުރިން ސިފައިންގެ މީހެކެވެ.
ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެނގެނީ އެމީހުންނަކީ ދީނީ ހަރުކަށި ފިކުރުގެ ބައެއްކަން ފުލުހުންނަށް ފާހަގަވާން އޮތުމާއި އެ ދެ މީހުންގެ ދެމެދުގައި ފައިސާގެ މުއާމަލާތެއް ކޮށްފައިވުމާއި އަދި އައިއެސް ޖަމާއަތާ ގުޅުން ހުރި ވީޑިއޯ އާއި ފޮޓޯ ފޯނުން ފެނުން ކަމަށް އެ ހުކުމްގައިވެ އެވެ.
ހެކީންގެ ހެކިބަހުން އެކަންކަން އެނގެން އޮތަސް، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ އަމަލެއް ހިންގަން އުޅުމުގެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް އެ ހުކުމްގައި ވެ އެވެ.
ސުލްހައިގެ ވާހަކަތަކުގެ ކުރިން އީރާނުން ދެ ޝަރުތެއް
ކާޑިބީގެ ކްރެޑިޓް ކާޑުން 60،000 ޑޮލަރުގެ ވައްކަން ކޮށްފި
މާ ގިނައިން ކުޑަކަމުދެވުމަކީ ނުރައްކަލުގެ ރަނގަބީލަކަށް ވެދާނެ!
