އއ. ވެލިގަނޑު އައިލެންޑް ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ރިސޯޓުގެ ކޮޓަރިއެއް އަނދައި ވަރަށް ބޮޑަށް ގެއްލުންވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ކޮޓަރީގައި ރޯވި އަލިފާންގަނޑު މިހާރު އެ ރިސޯޓުގެ މުވައްޒަފުން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ލޯންޗު އެ ރިސޯޓަށް ދަތުރުކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ސާފެއް ނުވެ އެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު 14:15 ހާއިރު ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ އެ ކޮޓަރީގައި ރޯވީ އެއާކޮންޑިޝަންގެ ކަރަންޓް ޝޯޓްވެގެން ކަމަށެވެ.
ކްރައުން އެންޑް ޗަމްޕާ ރިސޯޓުން ހިންގާ ފަސްތަރީގެ ރިސޯޓުގައި 91 ކޮޓަރި ހުރެ އެވެ. މީގެ ތެރޭގައި ބީޗް ވިލާ އާއި ވޯޓާ ވިލާ ވެސް ހިމެނެ އެވެ.
ލ. ލިންކް ރޯޑްގައި މީހަކު މަރުވި މައްސަލާގައި ނައުސާން ޖަލަށް
މުސާރަ ބޮޑުކުރަން ނިންމުމުން ހުށަހެޅި މައްސަލަ ބަލައެއް ނުގަތް
މޯލްޑިވިއަންގެ ޕައިލެޓަކާ މެދު ސަލާމަތީ ކަންބޮޑުވުންތަކެއް
