ލުނބޯއަކީ އެއިން ހަށިގަނޑަށް ލިބޭ ފައިދާތަކަށްޓަކައި ނަން މަޝްހޫރު އެއްޗެކެވެ. އެތެރެ ހަށީގެ ސިއްހަތުގެ އިތުރުން ހަންގަނޑުގެ ދުޅަހެޔޮ ކަމަށް ވެސް ލުނބޯއަކީ ވަރަށް ރަނގަޅު އެއްޗެކެވެ.

އެގޮތުން މޫނުގައި ނަގާފައި ހުންނަ ބިހިތައް ފިލުވާލުމަށް ލުނބޯ ބޭނުން ކުރެވެ އެވެ. ލުނބޯއަކީ އެންޓިމައިކްރޯބިއަލް އަދި އެސިޑިކް ޕްރޮޕަޓީތައް އެކުލެވޭ އެއްޗެއްކަމުން، މޫނުގައި ނަގާ ބިހިތައް ފަސޭހައިން ފިލާދެ އެވެ. އެއާއެކު މޫނު ތެޔޮވުން ކުޑަކޮށްދެ އެވެ. މިކަމަށް ބޭނުންވަނީ ލުނބޯ ހުތާއި ފެނެވެ. މި ދެބައި އެއްކޮށްލުމަށްފަހު ކަފަކޮޅެއް ބޭނުންކޮށްގެން މޫނުގައި ހާކާލާށެވެ. 10 ނުވަތަ 15 މިނެޓަށް ބެހެއްޓުމަށްފަހު ދޮވެލާށެވެ.

އެއާއެކު ލުނބޯ ބޭނުންކޮށްގެން ހަންގަނޑުގެ ކުލަ ރީތިކޮށްލެވެ އެވެ. ހަންގަނޑުގެ އެކި ހިސާބުގެ ކުލަ ތަފާތުވުން މަދުކޮށް މޫނުގެ ހުރިހައި ހިސާބެއްގައި ހަމުގެ ކުލަ އެއްގޮތް ކުރަން ބޭނުން ނަމަ ލުނބޯ ބޭނުންކުރެވިދާނެ އެވެ. އެގޮތުން، ފަޅޯކޮޅެއް މިކްސްޗަރަށް އަޅާ، ޕޭސްޓަކަށް ހެދުމަށްފަހު، އެއް ސަމުސާ މާމުއާއި ފޮދަކާއި އެއް ސަމުސާ ލުނބޯ ހުތް އަޅާށެވެ. އަދި މޫނުގައި 20 މިނެޓު ވަންދެން އަޅާފައި ބެހެއްޓުމަށްފަހު ދޮވެލާށެވެ.

މޫނުގެ ހަންގަޑު މާ ހިކޭނަމަވެސް ލުނބޯ ބޭނުން ކުރެވިދާނެ އެވެ. ކާށި ތެޔޮ ކޮޅަކާއި ލުނބޯ ހުތް އެއްކޮށްލުމަށްފަހު މޫނުގައި އުނގުޅުމުން، ހަންގަނޑުގެ މޮއިސްޗަރައިޒްވެ ޑއެވެ.

ލުނބޯއިން މޫނަށް ގިނަ ފައިދާތަކެއް ލިބުނު ނަމަވެސް ހަންގަނޑު ނާޒުކު ނަމަ ބޭނުން ކުރުން އެހާ ރަނގަޅެއް ނޫނެވެ. އެހެން ކަމުން އެ ބޭނުން ކުރުމުގައި ސަމާލުވުން މުހިއްމެވެ.