"ގަދަރް 2"ގެ ކާމިޔާބީ ފާހަގަ ކުރަމުން އަންނަ ސަނީ ޑިއޯލް އޭނާއަށްވުރެ އުމުރުން އެތައް ތަނެއް ހަގު އެކްޓަރެއް ކަމަށްވާ އާލިއާ ބަޓްއާއެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ޒޫމް މެދުވެރިކޮށް ބޭއްވި އިވެންޓެއްގެ ތެރެއިން ސަނީ ބުނީ އާލިއާއާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް އުމުރުގެ ތަފާތުގެ ސަބަބުން އެކަކު އަނެކަކުގެ ލޯބިވެރިންގެ ގޮތުގައި ފެނުން ނާދިރު ކަމަށެވެ.

"އަހަންނަށް އާލިއާ ވަރަށް ކަމުދޭ. އެކަމަކު ލޯބިވެރިންގެ ގޮތުގައި އަހަރުމެން ފެނުން ނާދިރު. ބައްޕައާއި ދަރިފުޅުގެ ރޯލު ވިޔަސް އާލިއާއާއެކު ކުޅެން ބޭނުން" ސަނީ ބުންޏެވެ.

ސަނީގެ އުމުރުން މިއަހަރު 65 އަހަރު ފުރޭއިރު އާލިއާގެ އުމުރަކީ 30 އަހަރެވެ. އެ ދެމީހުންގެ އުމުރުގައި 35 އަހަރުގެ ތަފާތެއްވެ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ސަނީގެ އެންމެ ފަހުގެ ފިލްމު "ގަދަރް 2"އަށް 400 ކްރޯޑް ރުޕީސް އަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.

ރަންވީރު ސިންހްއާއެކު ފެނިގެންދިޔަ އާލިއާގެ އެންމެ ފަހުގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށްވެސް ވަނީ ބެލުންތެރިންގެ ތައުރީފް ލިބިފަ އެވެ.