ޝާހްރުކް ޚާންއާއި އޭނާގެ އަންހެން ދަރިފުޅު ސުހާނާ ޚާން އެކުގައި ފިލްމަކުން ފެނިގެން ހިނގައިދާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
އެގޮތުން ބޮޑު ސްކްރީނަށް ނުކުންނަ ސުހާނާގެ އެންމެ ފުރަތަމަ ފިލްމު ވެގެންދާނީ ސުޖޯއީ ގޯޝް ޑައިރެކްޓްކޮށް އޭނާގެ ބައްޕައާއެކު ފެނިގެންދާ ފިލްމަކަށް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ޒޯޔާ އަޚްތަރު ޑައިރެކްޓްކުރާ ނެޓްފްލިކްސް ފިލްމް "ދަ އާޗީސް"އިން ސުހާނާ އެކްޓިންގެ ދާއިރާއަށް ނުކުންނަން ތައްޔާރު ވަމުން އަންނައިރު އޭނާއަށް ބޮލީވުޑްގެ ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށް ބެލެވެ އެވެ.
ބުނެވޭ ގޮތުގައި ސުހާނާއާއި ޝާހްރުކް އެކުގައި ފެނިގެންދާނެ ފިލްމަކީ ތްރިލާ ފިލްމެކެވެ. ކުރިން ހީކުރެވުނު ގޮތާ ޚިލާފަށް އެ ފިލްމުގައި ޝާހުގެ ރޯލަކީ މުހިއްމު އަދި ބޮޑު ރޯލަކަށް ވާނެ އެވެ.
މި ފިލްމުގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާއިރު ވަރަށް އަވަހަށް ފިލްމުގެ އަމަލީ މަސައްކަތް ވެސް ފެށިގެން ދާނެ ކަމަށް ބުނެވެ އެވެ.
ޝާހްރުކް މިހާރު އަންނަނީ މިމަހުގެ ހަތްވަނަ ދުވަހު ނެރެން ހަމަޖެހިފައިވާ އޭނާގެ ފިލްމު "ޖަވާން"ގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ.

ފޭދޫގެ ސެލޫނެއްގައި މަސައްކަތް ކުރާ ލަންކާ މީހަކު އިސްލާމްވެއްޖެ
ޒަމާނީ ރަހަތަކާއެކު ރޯދަ ވީއްލާ ސުފުރާމަތި ބަދަލުވެއްޖެ
އެމޭޒަން އާއި އަލީ އެކްސްޕްރެސް ބްލޮކެއް ނުުރަން: ބީއެމްއެލް